26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޖާމެނިޔާ އެއާލައިންް

ޖާމެނިޔާ އެއާލައިންގެ މާލީ ހާލަތު ދަށްވެ ފްލައިޓްތައް ކެންސަލް ކޮށްފި

  • މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ތެލުގެ އަގަށް އައި ބަދަލްތަކާއި ފައިސާގެ އަގަށް އައި ބަދަލު
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 6 ފެބުރުވަރީ 2019 | ބުދަ 02:26 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ޖާމެނިއާގެ ފްލައިޓެއް -- އާކައިވް

ޖަރުމަނުގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޖާމެނިޔާ އެއާލައިން ބަގުރޫޓްވެ ހުރިހާ ފްލައިޓްތަކެއް ވަގުތުން ކެންސަލް ކޮށްފިއެވެ.

ބާލިންނަށް ނިސްބަތްވާ މި އެއާލައިނަކީ ޔޫރަޕްގެ އެކި ގައުމުތަކަށާއި އެފްރިކާ އަދި މެދު އިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ އަހަރެއްގެ މަށްޗަށް ހަތަރު މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދޭ އެއާލައިނެކެވެ.

މި އެއާލައިން ބަގުރޫޓްވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ތެލުގެ އަގަށް އައި ބަދަލްތަކާ އަދި ފައިސާގެ އަގަށް އައި ބަދަލު ތަކެވެ.

ޖާމެނިޔާގެ މެނޭޖިން ޑައިރެކްޓަރ ކާސްޓެން ބްލޭކް ވިދާޅުވެފައިވަނީ ކުންފުނީގެ މާލީ ހާލަތު ދައްވެ ޚިދުމަތް ދިނުން ހުއްޓާލަން ޖެހޭތީ ހިތާމަ ކުރާކަމަށާއި ކުންފުނި ބަންދު ކުރުން ނޫން އެހެން ގޮތެއްނެތް ކަމަށެވެ.

އެކުންފުނިން ބުނެފައިވަނީ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ޓިކްޓްތަށް ބުކްކޮށްފައިވާ މީހުން އެފަރާތްތަކާއި ގުޅައިގެން އެކަންތަށް ހަމަޖެއްސުމަށާއި ޑައިރެކްޓްކޮށް އެއާލައިން މެދުވެރިކޮށް ޓިކްޓް ނަގާފައިވާ މީހުންނަށް އޭގެ ބަދަލު ދެވެން ނެތް ކަމަށެވެ.

މީ 2017 ވަނަ އަހަރު ޖާރމަނީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން އެއާ ބާލިން ހުއްޓާލިފަހުން  ޖާރމަނީގެ އެއާލައިނަކަށް ލިބުނު އެންމެ ބޮޑު ހީނަރުކަމެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރަޔަން އެއާރއަށް 2014 ވަނަ އަހަރުގެ މާޗް މަހަށްފަހު ފުރަތަމަ ފަހަރަށް ގެއްލުން ވެފައިވާކަމަށް އެމީހުން ޝާއިރުކޮށް ފައިވާ ތަފާސް ހިސާބުތަކުން ދައްކާފާއެވެ.

އެގޮތުން ގެއްލުން ވެފައިވަނީ 2018 ގެ އެންމެ ފަހު ތިންމަހުއެވެ.

ފަހަކަށް އައިސް ބަޖެޓް އެއާލައިންތަކުން ދަނީ ބޮޑަތި ގެއްލުންތަކާއި ކުރިމަތި ލަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ނޯވިއަން އެއާލައިން ގެ މާލީ ހާލަތު ދަށްކަމަށް އިއުލާން ކޮށްފައި ވާއިރު އެހެނިހެން ބަޖެޓް އެއާލައިން ތަކުގެ ތޭރެގައި ހިމެނޭ "ވާއޯ" އަދި "ވައިބީ" ވަނީ ވިއްކާލާނެ ކަމަށް އިއުލާން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް