26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އަލިފާނުގެ ހާދިސާ

ޕެރިހުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

  • ޕެރިހުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ
  • އަލިފާން ކޮންޓްރޯލް ކުރުމަށް 250 އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވި
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 6 ފެބުރުވަރީ 2019 | ބުދަ 02:09 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ޕެރިހުގެ އަލިފަން ނިއްވާ މީހުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި -- އާކައިވް

ފުރާންސްގެ ވެރިރަށް ޕެރިހުގައި ހުރި 8 ބުރީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުން މަރުވެ 30 އަށްވުރެ ގިނަ މީހުންނަށް ބޮޑަތި އަނިޔާތަކެއް ލިބިއްޖެއެވެ

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އަލިފާން  ނިއްވުމުގައި ހަރަކާތްތެރިވި ފަޔަރ ފައިޓަރުންނަށް ބޮޑަތި އަނިޔާތަކެއް ލިބިފައިވާއިރު އޭގެ ތެރެއިން އެކަކު ވަނީ ސީރިޔަސް ހާލަތުގައެވެ.

މީހުން ސަލާމަތް ކުރާ މީހުން ވަނީ ހަރުގަނޑާއި އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ އެހެނިހެން އާލާތްތައް ބޭނުންކޮށްގެން އެޕާޓްމެންޓްތަކުން މީހުން ބޭރަށް ނެރެފައެވެ. ދިރާސާ ކުރާ މީހުން ބުނާ ގޮތުން މީ ފަހުގެ ތާރީހެއްގައި ފްރާންސްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.

މިހާދިސާއާއި ގުޅޭ ގޮތުން ފުރާންސްގެ ފުލުހުންވަނީ އަންހެނަކާއި ސުވާލުކޮށް އޭނާގެ މެޑިކަލް ރިޕޯޓްތައް ހަދާ  ބިހޭވިޔަރަލް ޓެސްޓްތަކެއް ކުރުމަށްފަހު ދޫކޮށްލާފައެވެ. މިކަމާއި ގުޅިގެން ފުރާންސްގެ ރައީސް އެމެނުއަލް މެކްރޮމް ހާދިސާއިން އިބުރަތެއް ލިބިފައިވާ ކަމަށާއި އަދި ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފުރާންސްގެ ފަޔަރ ފައިޓަރުންގެ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށް ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވާ އިމާރާތަކީ ފުރާންސުގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ޕްރިސެންޓް ޖާރމަންގެ ރަސްމީ ދަނޑު ކަރިޑެސް ޕްރިންސެސް ފުޓްބޯޅަ ދަނޑާއި މާދުރުނޫން ހިސާބެއްގައި ހުރި އިމާރާތެކެވެ.

ބެލެވޭ ގޮތުގައި ފުރަތަމަ އަލިފާން ހިފާފައިވަނީ އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައެވެ. މިހާދިސާ ހިގާފައިވަނީ ފުރާންސްގެ ގަޑިން އެކެއް ޖަހާ އެހާކަން ހާއިރުއެވެ. މިއަލިފާން ގަނޑުގެ އަސަރު ކައިރީގައި ހުރި އިމާރާތްތަކަށް ކޮށްފައި ވާއިރު ދުމާއި އަޅީގެ އަސަރު މުޅި އެހިސާބަށް ކޮށްފައި ވެއެވެ.

އަލިފާން ކޮންޓްރޯލް ކުރުމަށް 250 އަލިފާން ނިއްވާ މީހުން ހަރަކާތްތެރި ވެފައިވާއިރު އަލިފާން ނިއްވުމަށް އެ އިމާރާތް ހެދިފައިވާގޮތުން ދަތިތަކާއި ކުރިމަތި ލާންޖެހުނެވެ.

އަލިފާން ނިއްވާ މީހުން އައިރު އެ އިމާރާތުގައި ތިބި މީހުން އެހީއަށް އެދި ކުޑަދޮރުތަކުން ގޮވަމުން ދިޔަ ދިޔުންވެސް އެމީހުން އަލިފާން ނިއްވުމަށް ހުރަހަކަށް ވެގެން ދިޔައެވެ

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް