26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ސައުދީ - އެމެރިކާ

ސައުދީ އާއި ޔޫއޭއީއަށް އެމެރިކާ އިން ވިއްކި ހަތިޔާރުތައް ޓެރަރިސްޓް ޖަމާއަތްތަކަށް ލިބުނު: ރިޕޯޓް

  • ހަތިޔާރުތައް ސަލަފީ ހަނގުރާމަވެރިންނާއި ޔަމަނުގައި ހަނގުރާމަ ކުރަމުން ގެންދާ އިރާނާއީ ގުޅުންހުރި ހޫޘީ ހަނގުރާމަވެރިންގެ އަތަށް ވެސް ލިބިފައިވޭ
އަމަން ހަލީމް | soupized

| 5 ފެބުރުވަރީ 2019 | އަންގާރަ 15:33 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


އެމެރިކާ އިން އުފައްދާފައިވާ ހަތިޔާރެއް އެ ގައުމުގެ އަސްކަރިއްޔާ އިން ބޭނުންކުރަނީ -- ބިޒްނަސް އިންސައިޑަރ

ސައުދީ އަރަބިއާ އާއި ޔޫއޭއީ އަށް އެމެރިކާ އިން ފޯރޮކޮށްދިން ބައެއް ހަތިޔާރުތައް އަލް-ގައިދާއާ ގުޅުން ހުރި ޓެރަރިސްޓް ޖަމާއަތްތަކަށް ލިބުނު ކަން ސީއެންއެންއިން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ.

ސީއެންއެންގެ ރިޕޯޓްގައިވާ ގޮތުން މި ހަތިޔާރުތައް އަލް-ގައިދާއާ ގުޅުން ހުރި ޖަމާއަތްތަކުގެ އިތުރުން، ސަލަފީ ހަނގުރާމަވެރިންނާއި ޔަމަނުގައި ހަނގުރާމަ ކުރަމުން ގެންދާ އިރާނާ ގުޅުން ހުރި ހޫޘީ ހަނގުރާމަވެރިންގެ އަތަށް ވެސް ލިބިފައި ވެއެވެ. އަދި ސައުދީ އާއި ޔޫއޭއީއިން މި ހަތިޔާރުތައް ބޭނުންކޮށްފައި ވަނީ ހަނގުރާމަވެރިންގެ މައްޗަށް ނުފޫޒު ފޯރުވުމަށާއި، އެ ފަރާތްތަކުގެ ވަފާތެރިކަމުގެ ބަދަލުގައި ކަމަށް ބައެއް ޖަމާއަތްތަކުގެ ކޮމާންޑަރުންނާއި މަސްރަހު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހަތިޔާރުތައް ވިއްކުމަށް މި ދެ ގައުމާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި، އެމެރިކާ އިން އުފައްދާފައިވާ ހަތިޔާރުތައް އެހެން އެއްވެސް ފަރާތަކަށް ދިނުން ނުވަތަ ވިއްކުން އޮތީ މަނާކޮށްފައި ކަމަށް އެމެރިކާގެ ޑިފާޓްމަންޓް އޮފް ޑިފެންސް އިން ވަނީ މައުލޫމާތު ދީފައެވެ. ސީއެންއެންގެ ހޯދުންތަކާއި ގުޅިގެން، ހަތިޔާރު މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށް ޑިފެންސް އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ.

އެ ޖަމާއަތަކަށް ލިބުނު ހަތިޔާރުތަކުގެ ތެރޭގައި ބަޑީގެ އިތުރުން، އެންޓި-ޓޭންކް މިސައިލް، އަރމަރޑް އުޅަނދުފަހަރު އަދި އިތުރު ބަރު ހަތިޔާރު ހިމެނެއެވެ. ހަތިޔާރުތައް އިރާނާއި ގުޅުންހުރި ހޫތީންގެ އަތުން އިރާނަށް ލިބުމާއި އެކު، އެމެރިކާގެ ކުރިއަރާފައިވާ ދިފާއީ ޓެކްނޮލޮޖީ އިރާނުގެ އަތްދަށަށް ގޮސްފައިވުމާއި ގުޅިގެން، އެހެން ސަރަހައްދުތަކުގައި ހަރަކާތެރިވާ އެމެރިކާގެ ސިފައިންނަށް ނުރައްކާ ވެދާނެ ކަމަށް ވެސް ވަނީ ބަލެވިފައެވެ.

މީގެ އިތުރުން އެމެރިކާއިން އުފައްދާފައި ހުރި ހަތިޔާރުތައް، ޔަމަނުގެ ބައެއް ސަރަހައްދުތަކުގައި ވިއްކަން ހުރި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސީއެންއެންގެ ރިޕޯޓުގައި ހިމަނާފައި ވެއެވެ.

ނޫސްވެރިޔާ ޖަމާލް ޙަޝޯގީ މަރާލި މައްސަލައިގައި އެމެރިކާގެ ކޮންގްރެސްއިން ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މި ރިޕޯޓާއި ގުޅިގެން ސައުދީއާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަމިއްލަފުޅު ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ވިސްނުމާއި ވެސް ޙިލާފަށް، ސައުދީއަށް ތާއީދުކުރުމުގައި ދެމިތިބޭނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް