26 އޭޕުރިލް 2019 | ހުކުރު | 06 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފިނޭންސް މިނިސްޓްރީ

ޖެނުއަރީ މަހުގެ އާމްދަނީ 1.5 ބިލިއަން ރުފިޔާ

  • ޓެކްސްގެ ގޮތުގައި ލިބުނީ 1.13 ބިލިއަން ރުފިޔާ
އާމިނަތު ނުޒުހާ | nuzu8121

| 5 ފެބުރުވަރީ 2019 | އަންގާރަ 04:23 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ސަރުކާރުގެ ދަތުރުތަކުގެ ހަރަދަށް 11.3 މިލިއަން ރުފިޔާ މިދިޔަ މަހު ހޭދަވި -- ފޮޓޯ: މުހައްމަދު ޝަރުހާން

މިދިޔަ މަހު ދައުލަތުގެ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި 1.2 ބިލިއަން ރުފިޔާ ހޭދަވި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު މާލީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފެބުރުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް ލިބުނު އާމްދަނީ އަކީ 1.5 ބިލިއަން ރުފިޔާ އެވެ. އޭގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 1.13 ބިލިއަން ރުފިޔާ އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 4.3 މިލިއަން ރުފިޔާ އެވެ.

ވޭތުވެ ދިޔަ މަހު ކުރި ހަރަދަށް ވުރެ، އާމްދަނީ ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު ދައުލަތުން ހަރަދުކޮށްފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ. އެއީ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް 767.7 މިލިއަން ރުފިޔާ އާއި އެހެނިހެން ހަރަދުތައް ވެސް ހިމެނޭ ގޮތަށެވެ.

ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. އެ ގޮތުން ޓެކްސްގެ އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 434.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކްސް ނޫން އާމްދަނީތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުން ނަގާފީތަކެވެ. އެއާޕޯޓް ޑިވެޕޮލްމެންޓް ޗާޖާއި ރިސޯޓު ކުލި ހިމެނެނީ މިބައިގަ އެވެ. މި އަހަރަށް ދައުލަތުން ފާސްކުރި ބަޖެޓުގައި އާމްދަނީގެ ގޮތުގައި 23.3 ބިލިއަން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

މިދިއަ މަހު ސަރުކާރުގެ ދަތުރުތަކުގެ ހަރަދަށް 11.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އެޑްމިނިސްޓްރޭޓިވް ސާވިސްއަށް 84 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް 48.7 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ހަރަދުކޮށްފަ އެވެ. އަދި ޕަލިކް ސެކްޓާ އިންވެސްޓްމެންޓަށް 10.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް