16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ސޫދާންގެ މުޒާޙަރާ

ސަރުކާރާ ދެކޮޅު މުޒާހަރާތައް އަލުން ފެށުމުން ކަރުނަ ގޭސް ޖަހައިފި

  • މުޒާހަރާތައް ފެށުނީ ޕާނުގެ އަގުބޮޑުކުރުމުން
  • ސަރުކާރުން ގެންނަ ބަދަލުތަކުގެ ތަފްސީލެއް ނުދެއްވާ
އަބުދުﷲ މުހައްމަދު | 8Abbo

| 5 ފެބުރުވަރީ 2019 | އަންގާރަ 01:18 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


މުޒާހަރާ ރޫޅާލުމަށް ކަރުނަ ގޭސް ޖެހުމުންވެސް މުޒާހަރާ ކުރިޔަށް ގެންގޮސްފައިވޭ -- އަލްޖަޒީރާ

"ފްރީޑަމް، ފްރީޑަމް" އޭ ގޮވަމުން ސޫދާނުގެ ވެރިރަށް ޚަރްތޫމްއާއި އޮމްދުރްމަންގައި ހޯމަ ދުވަހު ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދިޔަ އެއްވުމުގައި ތިބި ބައިވެރިންގެ ގަޔަށް ފުލުހުން ކަރުނަ ގޭސް ޖަހައިފިއެވެ.

ޚަރްތޫމްއާއި އޮމްދުރުމަންގެ މަގުތަކަށް އެތައް ބަޔަކު ނުކުމެ މުޒާހަރާކުރަން ފެށުމާއެކު ރަޔަޓް ފުލުހުން ނުކުމެ ކަރުނަ ގޭސް ޖަހައި މުޒާހަރާ ރޫޅާލަން މަސައްކަތްކުރި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ޕާނުގެ އަގު ތިން ގުނަ ބޮޑުކުރުމާ ގުޅިގެން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށުނު މުޒާހަރާގައި ރައީސް އުމަރު އަލް ބަޝީރުގެ އިސްތިއުފާއަށް ގޮވާލައި އަދި މުޅި ގައުމުގައި ހިންގޭ ހަރަކާތަކަށްވެފައިވާއިރު، ހޯމަ ދުވަހު ބޭއްވި އެއްވުމުގައި ފުލުހުން ނުކުމެ ކަރުނަގޭސް ޖެހުމުންވެސް މުޒާހަރާގެ ބައިވެރިންވަނީ އެއްވުން ކުރިޔަށް ގެންގޮސްފައެވެ.

މި އެއްވުން ކުރިޔަށް ގެންގޮސްފައިމި ވަނީ ސަަރުކަރާ ދެކޮޅަށް އެއްވުންތައް ރާވާ ފަރާތްތަކުން އާ މުޒާހަރާތަކެއް ބޭއްވުމަށް ގޮވާލުމާ އެކުއެވެ.

ސޫދާންގެ ޑިފެންސް މިނިސްޓަރ އަވާދު އިބްނޫފް ވަނީ މަޝްވަރާތަކުގައި ޒުވާނުން ބައިވެރިކުރުމަށް ގޮވާލާފައެވެ.

މުޒާހަރާކުރި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސީދާ އިިޝާރާތްނުކުރައްވައި އިބްނޫފް ވިދާޅުވީ ގައުމުގެ ހާލަތު ދައްކައިދެނީ ޒުވާނުންނާއި ދުވަސްވީ ފަރާތްތަކާދެމެދު އޮތް ޚިޔާލު ތަފާތުކަން ކަމަށެވެ.

މި ހިނގާދިޔަ ކަންކަން  ދައްކައިދެނީ ސިޔާސީ މުއައްސަސާތައް، ޕާޓީތައް އަދި އަސްކަރީ ހަރަކާތް ތަފާތު ވިސްނުމަކުން އަލުން ބައްޓަން ކުރަން ޖެހިފައިވާކަންކަމަށް އަސްކަރީ އޮފިސަރުންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވިކަމަށް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައިވެއެވެ.

ގެންނަވަނީ ކޮން ބަދަލުތަކެެއްކަން މިނިސްޓަރ ތަފްސީލްކޮށްދެއްވާފައިނުވާއިރު މި ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއްނުވެއެވެ. މުޒާހަރާތަކުގެ ފަހަތުގައި ތިބީ ސިޔާސީ ޕާޓީތަކެވެ.

ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރު މަގާމުން ދުރަށް ވަޑައިގަތުމަށް ގޮވާލައި ޖެނުއަރީ މަހު ބޮޑު އެއްވުމެއް ކުރިއަށް ދިޔައިރު، ހަމަ އެ ވަގުތު އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ބަޝީރު ވިދާޅުވީ މަގާމުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. 

އުމަރު އަލް ބަޝީރު ވެރިކަމަށް ވަޑައިގެން ހުންނެވީ 1989 ވަނަ އަހަރު ގެނައި ބަޣާވާތަކުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް