26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ވެނެޒުއޭލާގެ މަޝްރަހު

ވެނެޒުއޭލާގެ ވަގުތީ ރައީސަކީ ގައިޑޯ ކަމަށް ޔޫރަޕުގެ ބާރުތަކުން ބަލައިގެންފި

  • އޭގެ ތެރޭގައި ހިމެނެނީ ފަރަންސޭސްވިލާތް، އޮސްޓްރިއާ، ސްވިޑްން، ޑެންމަރކް، އިނގިރޭސިވިލާތް އަދި ސްޕެއިން
އަމަން ހަލީމް | soupized

| 4 ފެބުރުވަރީ 2019 | ހޯމަ 15:59 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


އިދިކޮޅު ލީޑަރު ހުއާން ގައިޑޯ -- އޭއެފްޕީ

ވެނެޒުއޭލާގައި ރިޔާސީ އިންތިހާބެއް ބާއްވަން ޔޫރަޕްގެ ބާރުތަކުން ދިން މުހުލަތު ހަމަވުމާ ގުޅިގެން، އިދިކޮޅު ލީޑަރު ހުއާން ގައިޑޯއަކީ ވެނެޒުއޭލާގެ ރައީސްގެ ގޮތުގައި ބަލައިގަތުމަށް ޔޫރަޕުގެ ހަ ގައުމުކުން ނިންމައިފިއެވެ.

ގައިޑޯއަކީ ވެނެޒުއޭލާގެ ރައީސްގެ ގޮތުގައި ބަލައިގަންނަން ނިންމި ޔޫރަޕްގެ ގައުމުތަކަކީ ފަރަންސޭސްވިލާތް، އޮސްޓްރިއާ، ސްވިޑްން، ޑެންމަރކް، އިނގިރޭސިވިލާތް އަދި ސްޕެއިންއެވެ.

އިންތިހާބެއް ބާއްވަން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަށް ދިން އަށް ދުވަހުގެ މުހުލަތު ހަމަވީ އާދިއްތަ ދުވަހުއެވެ. މަޑޫރޯ ވަނީ ގޮތްދޫނުކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެ ގައުމުގެ ހަމަޖެހުން ނަގާލަން ޔޫރަޕްގެ ގައުމުތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ވަގުތީ ރައީސްއަކީ ގައިޑޯ ކަމަށް ބަލައިގަންނަން ޔޫރަޕުގެ ގައުމުތަކުން ނިންމާފައިވާ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަސްކަރިއްޔާ ފޮނުވަން އިހްތިޔާރު އެބަ އޮތް ކަމަށް ވިދާޅުވެ ވެނެޒުއޭލާގައި ބާރުގެ ބޭނުން ކުރަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގެ އިންޒާރުދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް