16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޔުނައިޓެޑު ފަސްވަނަ އަށް ޖެހިލިއިރު، ސިޓީން އާސެނަލް ބަލިކޮށްފި

  • ޔުނައިޓެޑު މޮޅުވީ ލެސްޓާއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން
  • ސިޓީން އާސެނަލްގެ މައްޗަށް ކުރިހޯދީ 1-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 4 ފެބުރުވަރީ 2019 | ހޯމަ 10:30 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ުޔުނައިޓެޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު ފަސްވަނައަށް ޖެހިލިއިރު، މެންޗެސްޓާ ސިޓީން އާސެނަލް ބަލިކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ ލެސްޓާ ސިޓީއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ލެސްޓާ ދަނޑުގައި ކުޅުނު މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން އެޓީމުން ވަނީ ނުވަ ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ޕައުލް ޕޮގްބާގެ އެހީތެރިކަމާއެކު މާކަސް ރަޝްފޯޑްއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން އެޓީމުން ވަނީ ލެސްޓާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދާފައެވެ. މި ހާފްގައި ލެސްޓާގެ ފަރާތުންވެސް ހަމަލާތަކެއް ފެނިގެންދިޔައިރު، އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ބޭނުން ކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން އެޓީމުގެ ފަރާތުން މި ހާފްގައި ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ލީޑު ފުޅާކުރަންވެސް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

ލެސްޓާގެ ފަރާތުން މި ހާފްގައިވެސް ގިނަ ހަމަލާތަކެއް ފެނުނު އިރު، އެޓީމަށް އެ ހަމަލާތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އެޓީމަށް ވަނީ ނަތީޖާ ހަމަހަމަކުރަންވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު ވަނީ ކުޅުނު 25 މެޗުން 48 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ލެސްޓާ އޮތީ ކުޅުނު 25 މެޗުން ލިބުނު 32 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ ސިޓީއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ.

މި ލަނޑާއެކު އާސެނަލްއިން ވަނީ ކުޅުން ރަނގަޅުކޮށް 11 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮޝިއެލްނީއެވެ.

ސިޓީން މެޗުގެ ލީޑު އަނބުރާ ހޯދީ 44 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަގުއެރޯއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ސިޓީންނެވެ. އެގޮތުން އެޓީމުން ވަނީ ބޯޅަ ކޮންޓްރޯލްކޮށް، އާސެނަލްގެ ހާފަށް ބާރުބޮޑުކޮށްފައެވެ.

މި ހާފްގައި އާސެނަލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު، ލަނޑު ޖެހުމަށްވެސް މާ އެދެވޭ ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ނަމަވެސް ސިޓީން ވަނީ އާސެނަލްގެ ގޯލަށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައެވެ. އެގޮތުން ލީޑު ފުޅާކުރަން އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ސިޓީން މެޗުގެ ލީޑު އިތުރަށް ފުޅާކުރީ 61 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ކާމިޔާބުކުރީ އަގުއެރޯއެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އޭނާ ސިޓީއަށް ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 10 ވަނަ ހެޓްރިކެވެ.

މި ނަތީޖާއެކު ސިޓީ ވަނީ  25 މެޗުން 59 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި އާސެނަލްއަށް 25 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ވަނީ ހަވަނައަށް ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް