16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ނަވާޒް ޝަރީފް

ނަވާޒް ޝަރީފްގެ ކިޑްނީން ހިލަނައްތާލަން އޮޕަރޭޝަނެއް ކުރަންޖެހިއްޖެ

  • ބޮޑުވަޒީރުކަމުގެ މަގާމުން ނަވާޒް ވަކިކުރެވުނީ 2017 ވަނަ އަހަރު
އަބުދުﷲ މުހައްމަދު | 8Abbo

| 4 ފެބުރުވަރީ 2019 | ހޯމަ 01:10 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް -- އަލްޖަޒީރާ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މެޑިކަލް ޓެސްޓްތަކުން އެ މަނިކުފާނުގެ ކިޑްނީގައި ހިލަހުރިކަން ޔަގީން ކުރެވިފައިވާތީ އޮޕަރޭޝަނެެއް ކުރުމަށް ޑޮކްޓަރުން ލަފާދީފިއެވެ.

ޕާކިސްތާން މުސްލިމް ލީގް ނަވާޒްގެ އިސްވެރިޔާ ހުކުރު ކޮޓް ލަކްޕްޓް ޖަލުން ހޮޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައިވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއް ކުރިމަތިވުމުންނެވެ.

އެޑްމިޓްކުުރުމަށްފަހު ސީޓީ ސްކޭންއަކާއި އަލްޓްރާ ސައުންޑް ސްކޭން އަދި ލޭގެ ޓެސްޓްތަކެއް ހޮނިހިރުު ދުވަހު ހައްދަވާފައިވެއެވެ. ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއެކުު ޓެސްޓްހެދުމަށް ހޮސްޕިޓަލްގެ އޯޕީޑީއަށް އާދީއްތަ ދުވަހު ގެންދެވިފައިވާއިރު އަވީގައި ކުޑަކޮށް ހިންގަވާފައިވެސްވެއެވެ.

ނަވާޒް އަނބުރާ ކޮޓަރިއަށް ގެންދެވުނުއިރު ޕާޓީ މެމްބަރުންނާއި ތާއީދުކުރާ ފަރާތްތައް ފެނިވަޑައިގެން އެ ފަރާތްތަކުގެ އަގު ވަޒަންކުރައްވާކަން އިޝާރާތުން ހާމަކުރެއްވިއެވެ.

ނަވާޒްގެ ދަރިކަނބަލުން މަރްޔަމް ނަވާޒްއާއި އެކަމަނާގެ ފިރިކަލުން ކެޕްޓަން ރިޓަޔަރޑް މުހައްމަދު ސަފްދާރު އަދި ނަވާޒްގެ ދަނބި ދަރިކަލުން ރަހީލް މުނީރުވެސް ނަވާޒްގެ ކޮޓަރިކޮޅުގައި ނަވާޒްއާ ބައްދަލުކުރެއްވިއެވެ.

އެ ބައްދަލުވުން ބޭއްވުނީ ކަމާބެހޭ އިދާރާތަކުން ލިޔުމުން ދިން ހުއްދައާއެކު ދެ ގަޑިއިރުގެ ވަގުތަކަށެވެ. މީގެ އިތުރުން އާއިލާއިން ތައްޔާރުކޮށްގެން ކާނާގެނެސް ނަވާޒްއާއި އާއިލާގެ މެމްބަރުންވަނީ އެ ތަނުގައި ފަރީއްކުޅުއްވާފައެެވެ.

ނަވާޒްގެ ސިއްހީ ކަންކަން ބައްލަވާ ޑޮކްޓަރުންގެ ޓީމަށްވަނީ އިތުރު ތިން ޑޮކްޓަރުން އައްޔަންކުރައްވާފައެެވެ.

ބޮޑު ވަޒީރުގެކަމުގެ މަގާމުން ނަވާޒް ދުރުކޮށްފައި ވަނީ  ކޮރްޕްޝަންގެ ތުހުމަތުތަކާ ގުޅިގެން 2017 ވަނަ އަހަރު އެވެ. އެ ތުހްމަތުތަކާ ގުޅިގެން ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ ކޯޓުން ނަވާޒު އާއި އެމަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް އަދި މަރިޔަމްގެ ފިރިކަލުން ސަފްދާރް އަވާންގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުއެވެ.

ނަވާޒްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނު އިނގިރޭސިވިލާތުގެ ލަންޑަނުން 4 ގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާއި ނުބައްދަލުވުމުންނެވެ. ލަންޑަނުގައި ނަވާޒު އާއި އާއިލާގެ ބޭފުޅުން ބައްލަވައިގަތް ގެތަކެއްގެ މައްސަލަ ފެންމަތިވީ 2015 ވަނަ އަހަރު ލީކުވި 'ޕެނަމާ ޕޭޕަރސް'ތަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް