16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ނަވާޒް ޝަރީފް

ނަވާޒް ޝަރީފް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

  • ފަރުވާދެނީ ހިތުގެ އާލަސް ކަންފުޅަށް
އަލީ ސަމާޚް | AliSamah8

| 2 ފެބުރުވަރީ 2019 | ހޮނިހިރު 23:55 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި -- އާކައިވް

ކޮރަޕްޝަންގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ލާހޯރްގެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެެވެ.  

ޕާކިސްތާނުގެ ސެނެޓަ އާސިފް ކިރްމާނީއާ ހަވާލާ ދީ ރިޕޯޓްތައް ބުނާ ގޮތުގައި ނަވާޒް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އެ މަނިކުފާނު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ސަރުކާރުން އައްޔަން ކޮށްފައިވާ ޑޮކްޓަރުންގެ ޓީމެއްގެ އިރުޝާދުގެ ދަށުން ކަމަށެވެ.  

ނަވާޒް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދާ ކަމަށް ދަރިކަނބަލުން މަރިޔަމް ވަނީ ޓްވީޓް ވެސް ކުރައްވާފަ އެވެ. 

އުމުރުން 69 އަހަރުގެ ނަވާޒް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހިތްފުޅުގެ އާލާސްކަންފުޅަށް ފަރުވާ ދިނުމަށް ކަމަށާއި، އެ ބަލީގެ ސަބަބުން ފުރާނަ އަށް ނުރައްކާތެރިވުން އެކަށީގެންވާ ކަމަށް ވެސް ސެނެޓަ އާސިފް ވަނީ ވިދާޅުވެފައެވެ.

ބޮޑު ވަޒީރުގެކަމުގެ މަގާމުން ނަވާޒް ދުރުކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރެވުނު ކޮރްޕްޝަންގެ ތުހުމަތުތަކާ ގުޅިގެން 2017 ވަނަ އަހަރު އެވެ. އެ ތުހްމަތުތަކާ ގުޅިގެން ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ ކޯޓުން ނަވާޒު އާއި އެމަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް އަދި މަރިޔަމްގެ ފިރިކަލުން ސަފްދާރް އަވާންގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުއެވެ.

ނަވާޒްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނު އިނގިރޭސިވިލާތުގެ ލަންޑަނުން 4 ގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާއި ނުބައްދަލުވުމުންނެވެ. ލަންޑަނުގައި ނަވާޒު އާއި އާއިލާގެ ބޭފުޅުން ބައްލަވައިގަތް ގެތަކެއްގެ މައްސަލަ ފެންމަތިވީ 2015 ވަނަ އަހަރު ލީކުވި 'ޕެނަމާ ޕޭޕަރސް'ތަކުންނެވެ.

ނަވާޒްގެ އާއިލާއިން ބުނީ އެތަންތަނަކީ ހަލާލު އާމްދަނީއިން ހޯދާފައިވާ ތަންތަންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް