26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް

ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް ކ.އޮޅަހަލީގައި ހުޅުވައިފި

  • މިއީ ރާއްޖޭގައި ހުޅުވި ލަކްސް މަރުކާގެ ދެވަނަ ރިސޯޓް
އަމަން ހަލީމް | soupized

| 2 ފެބުރުވަރީ 2019 | ހޮނިހިރު 02:54 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓްގެ މޫދު ވިލާތައް ފެންނަގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް -- ހޮޓެލްސް.ކޮމް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ މަތީ ފަންތީގެ ޓޫރިސްޓު ހޮޓާތަކާއި ރިސޯޓްތައް ހިންގަމުން އަންނަ ލަކްސް ކަލެކްޓިވްއިން މާލެ އަތޮޅު އޮޅަހަލީގައި ތަރައްގީ ކޮށްފައިވާ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ލަކްސް ނޯތު މާލެ ރަސްމީކޮށް ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. ރިސޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން ލަކްސް ކަލެކްޓިވްގެ ސީއޯއޯ ޑޮމިނިކް ރޫލް އާއި ލަކްސް ނޯތު މާލެ އެޓޯލްގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖަރސް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ރިސޯޓް ހުޅުއްވައި ދެއްވުމަށް ފަހު ދެއްކި ވާހަކަފުޅުގައި އަލީ ވަހީދު ވިދާޅުވީ ލަކްސް ނޯތު މާލެއަކީ ތަފާތު ގޮތަކަށް ފަރުމާކުރެވިފައިވާ ފުރިހަމަ ރިސޯޓެއް ކަމަށެވެ. ރިސޯޓުގައި ދިވެހި މުވައްޒަފުން ގިނަކަން ފާހަގަ ކުރައްވާ އަލީ ވަހީދު ވަނީ އެކަމަށް ރިސޯޓްގެ މެނޭޖްމަންޓަށް ތައުރީފުކުރައްވާފައެވެ.

"ލަކްސް ނޯތް މާލެ އެޓޯލަކީ ތަފާތު ކޮންސެޕްޓަކަށް ފަރުމާކުރެވިފައިވާ ރިސޯޓެއްކަން ފެނިގެން ހިނގައްޖެ. ފަތުރުވެރިކަމުގެ ދާއިރާއަށް މިފަދަ ތަފާތު ކޮންސެޕްޓް ތައާރަފުކުރުމަކީ މިނިސްޓްރީން މަރުހަބާ ކިޔާނެކަމެއް. ފާހަގަކުރެވޭ މިރިސޯޓުގައި ދިވެހި މުވައްޒަފުން ގިނަކަން. މިއީ ވަރަށްވެސް މުހިންމުކަމެއް." އަލީ ވަހީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލަކްސް ކަލެކްޓިވްގެ ސީއޯއޯ ޑޮމިނިކް ރޫލް ވިދާޅުވީ ލަކްސްގެ މި ރިސޯޓަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ފޯރުވައިދިނުމަށް ފަރުމާކުރެވިފައިވާ ރިސޯޓެއް ކަމަށެވެ. އަދި ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދޭން ބޭނުންވަނީ ދިވެހި މުވައްޒަފުންނާއި އެކުގައި ކަމަށް ބުނެ ރޫލް ވަނީ ރިސޯޓުގައި ވަޒީފާ އަދާކުރަން ބޭނުންވާ ދިވެހިންނަށް މަރުހަބާ ކިޔާފައެވެ.

ސިންގަޕޫރުގެ މިއާޖާ ޑިޒައިން ގްރޫޕުން ފަރުމާކޮށްފައިވާ ރިސޯޓަކީ އާއްމު ގޮތެއްގައި ރާއްޖޭގައި ފެންނަ ފަން ބޭނުންކޮށްގެން ފަރުމާކޮށްފައި ހުންނަ ވިލާތަކާއި ހިލާފަށް މުޅިން ހުދުން ހަދާފައިވާ 67 ޕެންޓްހައުސް ވިލާ އެކުލެވޭ ރިސޯޓެކެވެ. ދެ ފަންގިފިލާ ހިމެނޭ ވިލާތައް ފަރުމާކޮށްފައިވަނީ ކަނޑުގައި އޮތް ޔޮޓެއްގެ ސިފަ އަސްލަކަށް ބަލައިގެންނެވެ.

ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕޫލްއެއްގެ އިތުރުން ރޫފްޓޮޕް ލޯންޖެއް ހިމެނެއެވެ. މިއީ ހުރިހާ ވިލާއެއްގައި ރޫފްޓޮޕް ލޯންޖެއް ހިމެނޭ ރާއްޖޭގެ ހަމައެކަނި ރިސޯޓެވެ. މި ރިސޯޓުގައި ހުންނަ އެންމެ ބޮޑު އޯވަރ ވޯޓަރ (މޫދުގައި ހަދާފައިވާ) ޕެންޓްހައުސް ވިލާއަކީ ޔޮޓުތަކަށް ވެސް ބަނދަރުކުރެވޭ ގޮތަށް ހަދާފައި ހުރި ވިލާއެކެވެ.

ރިސޯޓުގައި ލިބެން ހުންނަ އިތުރު ހިދުމަތްތަކުގެ ތެރޭގައި، ކެއިންބުއިމަށް 7 ރެސްޓޯރަންޓާއި، ސްޕާގެ ހިދުމަތްތަކާއި، ކިޑްސް ކްލަބްގެ އިތުރުން ފީނުމާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ވެސް ހިމެނެއެވެ.

އދ.ދިއްދޫފިނޮޅުގައި ހިންގާ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ވެސް ހިންގަމުން އަންނަ ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސް އިން ހުޅުވި ލަކްސް ނޯތު މާލެއަކީ ރާއްޖޭގައި ހުޅުވުނު ލަކްސް މަރުކާގެ ދެވަނަ ރިސޯޓެވެ. މި ކުންފުނިން މޮރިޝަސް، ތުރުކީ، ޗައިނާ އަދި ފްރެންޗް ރީޔޫނިއަންގައި ރިސޯޓްތައް ހިންގަމުން އަންނަ އިރު، އެ ކުންފުނިން ދަނީ ފަރަންސޭސްވިލާތް، އިޓަލީ، ވިއެޓްނާމް އަދި ޔޫ.އޭ.އީގައި ވެސް ރިސޯޓްތަކެއް ތަރައްގީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް