26 އޭޕުރިލް 2019 | ހުކުރު | 06 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އެމެރިކާގެ ވަޒީފާގެ ބާޒާރު

އެމެރިކާގައި ޖެހިޖެހިގެން ވަޒީފާ އިތުރުވާތާ 100 މަސް ދުވަސް، ޖެނުއަރީ މަހު އެކަނި ވެސް ތިން ލައްކަ ވަޒީފާ

  • ޖެނުއަރީމަހު 304،000 ވަޒީފާ އުފެދިފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 1 ފެބުރުވަރީ 2019 | ހުކުރު 23:37 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


އެވްރެޖްކޮށް ގަޑިއަކަށް ލިބޭ އުޖޫރަވެސް ޖެނުއަރީމަހުވަނީ 0.03 ޑޮލަރު އިތުރުވެފައި -- ޔޫއެސްއޭ ޓުޑޭ

އެމެރިކާގައި ޖެނުއަރީ މަހު 304،000 ވަޒީފާ އުފެދި ޖެހިޖެހިގެން ވަޒީފާ އިތުރުވާތާ 100 މަސް ފާހަގަކޮށްފިއެވެ.

މަސައްކަތްތެރިންނަށް ލިބުނު އާމްދަނީވެސް މިދިޔަ މަހުވަނީ އިތުރުވެފައެވެ. އެވްރެޖްކޮށް ގަޑިއަކަށް ލިބޭ އުޖޫރަވެސް ޖެނުއަރީމަހު ވަނީ 0.03 ޑޮލަރު އިތުރުވެފައެވެ. މިއީ އޭގެ އަހަރެއް ކުރިޔާ އަޅާބަލާއިރު 3.2 އިންސައްތަ އިތުރު އަދަދެކެވެ.

ވަޒީފާ އިތުރުވި ރިޕޯޓްތައް އައިސްފައިމިވަނީ ސަރުކާރު ހުއްޓުމަކަށް އައުމާއި ވިޔަފާރިގެ ނުތަނަވަސްކަން އައުމާއި، ދުނިޔޭގެ އިގްތިސާދު ކުރިއަރާ މިންވަރު ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީގެ ބަޖެޓް ކޮމިޓީއިން މި ހަފްތާގެ ކުރީކޮޅު ބުނެފައިވަނީ ސަރަހައްދީ ރޮނގުގައި އަޅާ ފާރުގެ މައްސަލައިގައި ރައީސް ޑޮނަލްޑް ޓްރަމްޕްއާ ޚިޔާލުތަފާތުވެ ބަޖެޓް ފާސްނުވެ ސަރުކާރު ހުއްޓުމަކަށް އައި އައުމާ ގުޅިގެން އެ ގައުމުގެ އިގްތިސާދުން 11 ބިިލިއަން ޑޮލަރު ގެއްލިގެން ގޮސްފައިވާކަމަށެވެ.

ސަރުކާރު ހުޅުވި މަސައްކަތް ފަށައިގަތުމުން އޭގެ ތިންބައިކުޅަދެބައި އިއާދަ ކުރެވިދާނެ ކަމަށް ބެލި ނަމަވެސް 3 ބިލިއަން ޑޮލަރަކީ ދާއިމީ ގޮތަކަށް ލިބިފައިވާ ގެއްލުމެއް ކަމަށް ބަޖެޓް ކޮމިޓީން ބުނެފައިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް