16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ލައިފް އިންޝުއަރަންސް!

  • އުރީދޫ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ
  • ކްލަބް ޕްރިމިއާ ލައުންޖައް ޒިޔާރަތް ކުރައްވައިގެން ރަޖިސްޓަރ ކުރެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 31 ޖެނުއަރީ 2019 | ބުރާސްފަތި 21:11 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން -- އުރީދޫ

ރާއްޖޭގެ މުވާސަލާތީ ކުންފުނި އުރީދޫއިން ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.

އަދި އެލައިޑް އިންޝުއަރަންސް އާއި ގުޅިގެން، އެކުންފުނީގެ އެންމެހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އުރީދޫއިން ބުންޏެވެ. 

ފުރާނައަށް ގެންލުންވާ ފަދަ ކުއްލި ޙާލަތްތަކުގައި، އާއިލާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެލައިޑްގެ ލައިފް އިންޝުއަރަންސް މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް އެހީތެރިކަން ލިބިގެންދާނެ ދަނޑިވަޅުތަކަކީ: 

  • ގުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ފުރާނަ ގެއްލިގެންދިއުން
  • އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕަރމަނަންޓް ޑިސްއެބިލިޓީ
  • އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕާޝަލް ޑިސްއެބިލިޓީ

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ކަސްޓަމަރުންނަށް ފައިދާކުރާފަދަ އައު ކަންކަން ބަލައިގަނެ، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެކުންފުނިން އަބަދުވެސް އަޙަމިއްޔަތުކަންދޭ ކަމަށާއި ލައިފް އިންޝުއަރަންސް އަކީ، އާއިލާއަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތުގައި އެހީ ފޯރުކޮށްދޭ، އާއިލާގެ މުސްތަޤްބަލް ރައްކާތެރިކޮށްދޭ މުހިއްމު ޚިދުމަތެއް ކަމަށެވެ. 

"ދުނިޔޭގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް އިތުރަށް ތައްޔާރުކޮށްދޭ މި ޚިދުމަތުގެ ސަބަބުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އާއިލާތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން" އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެފަރާތްތަކުގެ އަގުވަޒަން ކުރުމަށް ތައާރަފް ކުރެވިފައިވާ ރިވޯޑް ސްކީމެކެވެ. މިގޮތުން، ހުރިހާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްވެސް، އެލައިޑްގެ ލައިފް އިންޝުއަރަންސްގެ ޚިދުމަތް އުރީދޫ އިން ހިލޭ ފޯރުކޮށްދޭނެއެވެ. މި ޚިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ކްލަބް ޕްރިމިއާ ލައުންޖައް ޒިޔާރަތް ކުރައްވައިގެން ރަޖިސްޓަރ ކުރެވޭނެއެވެ.

ލައިފް އިންޝުއަރަންސްގެ ޚިދުމަތް ވަރަށް ހެޔޮ އަގެއްގައި އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެލައިޑް އިންޝުއަރަންސާއި އެކު މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫއިން ބުންޏެވެ. 

 އަދި މި ޕެކޭޖުގެ މައުލޫމާތު ކައިރި މުސްތަގުބަލެއްގައި އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ހިއްސާ ކުރެވިގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް