26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މިސްޓަރ މޯލްޑިވްސް 2019

މިސްޓަރ މޯލްޑިވްސް އެޕްރިލް 26 ގައި، ބައިވެރިވުމަށް ހުޅުވާލައިފި

  • މިސްޓަ މޯލްޑިވްސް މިއަހަރު ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު
ލީވާން އަލީ | MrLeevaan

| 30 ޖެނުއަރީ 2019 | ބުދަ 13:13 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


2017 ވަނަ އަހަރުގެ މިސްޓަ މޯލްޑިވްސް -- ރާއްޖެއެމްވީ

ބޮޑީ ބިލްޑިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ނޭޝަނަލް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް "މިސްޓަ މޯލްޑިވްސް" އެޕްރިލް މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ނިންމާ، ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ މިސްޓަ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައި ވާއިރު، އެކެއް އެޕްރީލްވާ ހޯމަ ދުވަހުގެ 14:00 އާހަމައަށް ރަޖިސްޓްރޭޝަންގެ ކަންތައް ފުރިހަމަކުރެވޭނެއެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި އަމިއްލަ ފަރުދެއްގެ ގޮތުން ބައިވެރިވެވިދާނެ ކަމަށާއި، އޭގެ އިތުރުން ޖިމްއެއްގެ ފަރާތުން ނުވަތަ ރާއްޖޭގެ ރިސޯޓެއްގެ ފަރާތުންވެސް ބައިވެރިވެވިދާނެ ކަމަށެވެ.

މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމް ބޮޑީބިލްޑިން އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 7777207 ނަމްބަރަށް ގުޅުއްވުމަށްވެސް އެ އެސޯސިއޭޝަނުން އެދެއެވެ.

މިސްޓަ މޯލްޑިވްސް މި އަހަރު ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

2017 ވަނަ އަހަރުގެ މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދާފައިވަނީ މުހައްމަދު ޔާމީން (ޔާމްބެ) އެވެ. އޭނާއަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

މިސްޓަ މޯލްޑިވްސްގެ މަގާމު ޔާމްބެ ހޯދީ ލައިޓް ވެއިޓް ބައިން އެއްވަނަ ޓައިޓަލް ވިނާކަން ހޯދި ޝާހީން އިބްރާހިމްއާ ވާދަކޮށްގެންނެވެ.

މީގެއިތުރުން މި މުބާރާތުގެ ޓައިޓަލް ވިނާއަކަށް ޔާމްބެ ހޮވިފައިވާ އިރު، އޭނާ ވަނީ ބޮޑީ ބިލްޑިން ކެޓަގަރީގެ ހެވީ ވެއިޓް ބައިންވެސް ޓައިޓަލް ވިނާކަން ހޯދާފައެވެ. ހެވީ ވެއިޓް ބައިގައި ޔާމްބެ ވާދަކޮށްފައިވަނީ ގިޔާސް އިބްރާހިމްއާ އެވެ.

2017 ވަނަ އަހަރުގެ މިސްޓަ ފިޒީކްގެ އަކަށް ހޮވިފައިވަނީ ފާލިހު މުހައްމަދެވެ. އޭނާއަށް ވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް