
| 26 ޖެނުއަރީ 2019 | ހޮނިހިރު 17:13 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ދިގު މުއްދަތެއް ވަންދެން މެންޗެސްޓާ ސިޓީގައި އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު ޑޭވިޑް ސިލްވާ ބަހައްޓަން ބޭނުންވާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ސިލްވާއާ ބެހޭގޮތުން ގާޑިއޯލާ ބުނީ، ސިލްވާ އަކީ ރިޕްލޭސްކުރެވޭ ވަރުގެ ކުޅުންތެރިޔެއް ނޫން ކަމަށާއި، 2020 ވަނަ އަހަރުގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ސިލްވާ އެއްބަސްވުން ހެދި ނަމަވެސް، ދިގު މުއްދަތެއް ވަންދެން އޭނާ ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ.
ގާޑިއޯލާ ބުނީ، ސިލްވާގެ ކުޅުމަށް އެއް އަހަރުން އަނެއް އަހަރަށް ބަދަލެއް ނާން ކަމަށާއި، އޭނާ ކުޅެނީ ޓޮޕް ފޯމުގައި ކަމަށެވެ. އަދި އެއީ ސިޓީއަށް މުހިންމު ކުޅުންތެރިޔެއް ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.
އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ސިޓީއާއި ގުޅިފައިވަނީ 2010 ވަނަ އަހަރުއެވެ. އޭނާ ކުޅެމުންދިޔަ ސްޕެއިންގެ ވެލެންސިއާ ދޫކޮށް ސިޓީއަށް ބަދަލުވީ 24 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ސިލްވާއަކީ އެ ޓީމުގެ ތާރީހުގައި ވެސް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔެކެވެ. ބެލެވޭ ގޮތުގައި އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލާނީ ވެސް ސިޓީގެ ކުޅުންތެރިޔެއްގެ ގޮތުގައެވެ.
ސިލްވާ ވަނީ ސިޓީއަށް 324 މެޗު ކުޅެދީ އެ ޓީމަށް 52 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާވަނީ އެ ޓީމާއެކު ދެ ޕްރިމިއާ ލީގާއި އެފްއޭ ކަޕްއެއްގެ އިތުރުން ދެފަހަރެއްގެ އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްފައެވެ.
އުމުރުން 16 އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ޓީމުތަކަށް ކުޅެމުން އަންނަ ސިލްވާ ވަނީ ސްޕެއިންގެ ސީނިއާ ޓީމަށް ކުޅުނު 125 މެޗުގައި 35 ލަނޑު ކާމިޔާބުކޮށްފައެވެ.
އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް އެއްފަހަރު، ޔުއެފާ ޔޫރޯ ދެފަހަރު، ފިފާ ކޮންފެޑެރޭޝަންސް ކަޕްގެ ދެވަނަ އަދި ތިންވަނަ ހޯދާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް