24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

އިންޓަ ސްކޫލް ބެޑްމިންޓަން

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

  • މުބާރާތް ކުރިޔަށްދާނީ ފެބްރުއަރީ ހަތަކުން 16 ގެ ނިޔަލަށް
ލީވާން އަލީ | MrLeevaan

| 21 ޖެނުއަރީ 2019 | ހޯމަ 12:32 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


މިދިޔަ އަހަރުގެ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ތެރެއިން -- ފޭސްބުކް

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 16 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މުބާރާތް ކުރިޔަށް ގެންދިޔުމަށް ޝެޑިއުލް ކުރެވިފައިވަނީ އަންނަ މާޗު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، މުބާރާތުގެ ޓީމް އިވެންޓުގައި ބައިވެރިވާން ބޭނުންވާ ސްކޫލްތައް މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުއާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ، އެފަރާތެއްގެ ނަމާއި މަގާމް އަދި ގުޅޭނެ ނަންބަރު ފެބްރުއަރީ މަހުގެ ހަތެއްވާ ބުރާސްފަތި ދުވަހު މެންދުރު 14:00 ގެ ކުރިން ހުށަހެޅުމަށެވެ.

މުބާރާތުގެ ޓީމް އިވެންޓްގައި ހިމެނެނީ 14 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން، 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން އަދި 19 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ކެޓަގަރީއެވެ.

މުބާރާތުގެ އަމިއްލަ އިވެންޓުގެ އުމުރުފުރާތަކަކީ 12 އަހަރުން ދަށުގެ ސިންގަލްސް، 14 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް، 16 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް، 19 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު ހަތަރަކަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ފޯން ނަމްބަރު 3314057 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް