24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

ގޯލްކީޕިން ކޯސް

ގޯލްކީޕިން ކޯޗިން ސެޓިފިކެޓް ކޯސް ފަށައިފި

  • ކޯހުގައި ތަމްރީނު ދެނީ އޭއެފްސީގެ ތަޖުރިބާކާރު ގޯލްކީޕިން އިންސްޓްރަކްޓަރެއް
ލީވާން އަލީ | MrLeevaan

| 20 ޖެނުއަރީ 2019 | އާދީއްތަ 14:33 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ގޯލްކީޕިން ކޯޗިން ކޯސް ފެށުމުގެ ތެރެއިން -- އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގޯލްކީޕިން ކޯޗިން ސެޓިފިކެޓް ކޯސް ފަށައިފިއެވެ.

ގޯލްކީޕަރުން ތަމްރީނުކުރާ ކޯޗުންނަށް ހުޅުވާލައިގެން ބާއްވާ މި ކޯސް އާދީއްތަ ދުވަހު ފަށާފައިވާއިރު، މި ކޯސް ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށްދާނެއެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ވައިސް ޗެއާމަން އަދި މަޝްހޫރު ގޯލު ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އެވެ.

ޒުވާން ގޯލްކީޕަރުން އުފެއްދުމަށް އަމާޒު ހިފައިގެން އެފްއޭއެމުން ފަށާފައިވާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ބާއްވާ މި ކޯހުގައި ތަމްރީނު ދެނީ އޭއެފްސީގެ ތަޖުރިބާކާރު ގޯލްކީޕިން އިންސްޓްރަކްޓަރެކެވެ.

މިއީ 2006 ވަނަ އަހަރަށްފަހު ގޯލްކީޕަރުން ތަމްރީނުކުރާ ކޯޗުންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ކޯސް ކަމަށްވާއިރު، މިފަހަރުގެ ކޯހުގައި ފިރިހެން ކޯޗުންގެ އިތުރުން، އަންހެން ހަތަރު ކޯޗުން ވަނީ ބައިވެރިވެފައެވެ.

އެފްއޭއެމުން ވަނީ ދިވެހި ގޯލްކީޕަރުންނަށް ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން 2020 ވަނަ އަހަރުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ރާއްޖޭގެ ކްލަބްތަކަށް ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ނިންމާފައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް