24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ސެންޓިއާގޯ ސޮލާރީ

ފަހުވަގުތާ ޖެހެންދެން މުބާރާތްތައް ކާމިޔާބުކުރަން މަސައްކަތް ކުރާނަން: ސޮލާރީ

  • ރެއާލްއަށް އެއްވެސް އިރެއްގައި ކަންކަމަކީ ނުވާނެ ކަމެއްކަން ދެކިގެން ނޫޅޭ
ލީވާން އަލީ | MrLeevaan

| 20 ޖެނުއަރީ 2019 | އާދީއްތަ 12:58 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ރެއާލްގެ ކޯޗު ސޮލާރީ -- ގެޓީ އިމޭޖާސް

އެންމެ ފަހުވަގުތާ ޖެހެންދެން ވާދަކުރަމުން އަންނަ ތިން މުބާރާތް ކާމިޔާބުކުރަން މަސައްކަތް ކުރާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ސެންޓިއާގޯ ސޮލާރީ ބުނެފިއެވެ.

ސެވިއްޔާ އަތުން 0-2 ގެ ނަތީޖާއިން މޮޅުވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސޮލާރީ ބުނީ، މީގެކުރިންވެސް ރެއާލުން އެންމެ ފަހުވަގުތާ ޖެހެންދެން ހުރިހާ މުބާރާތްތައް ކާމިޔާބުކުރަން މަސައްކަތް ކުރާ ކަމަށާއި، އެފަދައިން މިފަހަރުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ސޮލާރީ ބުނީ، ރެއާލްއަށް އެއްވެސް އިރެއްގައި ކަންކަމަކީ ނުވާނެ ކަމެއްކަން ދެކިގެން ނޫޅޭ ކަމަށާއި، އަބަދުވެސް އެކަމެއް ނުވުމާ ހަމައަށް ވިސްނާނީ އެކަމެއް ވާނެ ކަމަށް ކަމަށެވެ.

ސޮލާރީ މިހެން ބުނެފައިވާއިރު، ރެއާލް އޮތީ ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން ލިބުނު 36 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. އެޓީމު މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން 11 މެޗުން މޮޅުވިއިރު، ހަ މެޗުން ވަނީ ބަލިވެފައެވެ. ބާކީ ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރެއާލް ތިންވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑާ ދެމެދު ފަސް ޕޮއިންޓްގެ ލީޑެއް އެބައޮތެވެ. އަދި އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ހަތް ޕޮއިންޓްގެ ލީޑެއް އެބައޮތެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ރެއާލް ދަތުރުކޮށްފައިވާއިރު، ކޮޕާޑެލްރޭގައި އެޓީމު ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ. އެގޮތުން ލީގާއެކު ޖުމްލަ ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ރެއާލްއަށް އަދި އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް