24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޗެލްސީގެ މައްޗަށް އާސެނަލް ކުރިހޯދުމުން ގަދަ ހަތަރެއް ފޯރިގަދަވެއްޖެ

  • ޗެލްސީގެ މައްޗަށް އާސެނަލް ކުރީހޯދީ 0-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 20 ޖެނުއަރީ 2019 | އާދީއްތަ 05:21 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


އާސެނަލް އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް އާސެނަލް ކުރިހޯދުމުން ގަދަ ހަތަރެއްގެ ފޯރިގަދަވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ޗެލްސީގެ މައްޗަށް އާސެނަލް ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން 14 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ބެލެރިންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލަކަޒޭޓްއެވެ.

މި ލަނޑަށްފަހުވެސް އާސެނަލްއިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޗެލްސީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އެޓީމުން ވަނީ އުފައްދާފައެވެ.

އާސެނަލްއިން މެޗުގެ ލީޑު ފުޅާކުރީ 39 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮޝިއެލްނީއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޗެލްސީގެ މައްޗަށް އާސެނަލް ކުރީގައި އޮވެގެންނެވެ.

.

ދެވަނަ ހާފް ފެށިގެން ޗެލްސީގެ ފަރާތުން ގިނަ ހަމަލާތައް ފެނިގެންދިޔައެވެ. ނަމަވެސް އާސެނަލްއިން ވަނީ ހުށިއާރުކަމާއެކު ޗެލްސީގެ ހަމަލާތައް ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 23 މެޗުން ލިބުނު 44 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ޗެލްސީ އޮތީ ކުޅުނު 23 މެޗުން ލިބުނު 44 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. އަދި ޕޮއިންޓް ތާވަލުގެ ތިންވަނައިގައި ޓޮޓެންހަމް އޮތީ 23 މެޗުން ލިބުނު 48 ޕޮއިންޓާއެކުގައެވެ.

ޕޮއިންޓް ތާވަލުގެ ހަވަނައިގައި މެންޗެސްޓާ ޔުނައިޓެޑު އޮތީ އާސެނަލްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑަށް ފަސްވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް