24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

މައުރޯ އިކާޑީ

އިކާޑީގެ އެއްބަސްވުން އާކުރަން އިންޓައިން މަޝްވަރާއަށް ތައްޔާރުވެއްޖެ

  • އިކާޑީގެ އެއްބަސްވުން ހަމަވާނީ 2021 ގައި
ލީވާން އަލީ | MrLeevaan

| 17 ޖެނުއަރީ 2019 | ބުރާސްފަތި 19:46 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


އިންޓައަށް ކުޅެމުން އަންނަ އިކާޑީ -- ގެޓީ އިމޭޖާސް

އިންޓަ މިލާނަށް ކުޅެމުން އަންނަ އިކާޑީގެ އެއްބަސްވުން އާކުރަން އެ ކްލަބުން އޭނާއާ މަޝްވަރާ ކުރަން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްކައި އިޓަލީން ބުނީ، އިކާޑީގެ އެއްބަސްވުން އާކުރުމާ ގުޅޭ ގޮތުން އިންޓައިން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށާއި، އެގޮތުން ހުކުރު ދުވަހު އޭނާގެ އެޖެންޓާއެކު އިންޓައިން މަޝްވަރާތައް ފަށާނެ ކަމަށެވެ.

އިކާޑީއާ އެކު އިންޓައިން ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޓައިން ބޭނުންވަނީ ދިގު މުއްދަތަކަށް އިކާޑީ ކްލަބުގައި ބެހެއްޓުމަށެވެ.

އުމުރުން 25 އަހަރުގެ އިކާޑީގެ ރިލީޒް ފީއަކަށް 110 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު، ރެއާލް މެޑްރިޑުން އަންނަނީ އޭނާ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިކާޑީގެ ޓްރާންސްފާއާ ގުޅިގެން މީޑިއާތަކުގައި ތަފާތު ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ދާދި ފަހުން އޭނާގެ އެޖެންޓް އަދި އަނބިމިހާ ކުރި ޓުވީޓެއްގައި ބުނީ، އިކާޑީގެ އެއްބަސްވުމުގެ ގަނޑުތައް ކިޔާފައިވާ ކަމަށެވެ. އަދި އިޓަލީ ބަހުން ކޮށްފައިވާ މި ޓުވީޓުގައި އޭނާ ވަނީ އިކާޑީ ޓެގު ވެސް ކޮށްފައެވެ.

އިންޓަގެ އެއްބަސްވުން އިކާޑީ އާކުރާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް މިދިޔަ އަހަރު ކުރީކޮޅު ނާރާ ވަނީ ބުނެފައެވެ. އޭރު އޭނާ ބުނީ، އިކާޑީ ބޭނުން ވަނީ ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކުގެ ތެރޭގައި އިންޓަ ހިމެނުން ކަމަށެވެ.

ސަމްޕްޑޯރިއާއިން ސީނިއާ ކެރިޔަރު ފެށި އިކާޑީ އިންޓައާ ގުޅުނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އިންޓައަށް ކުޅުނު 205 މެޗުގައި 121 ލަނޑު ކާމިޔާބުކޮށްފައެވެ.
އިކާޑީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް 8 މެޗު ކުޅެފައެވެ. އޭނާ ވަނީ އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައެވެ.

އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ، އިކާޑީ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް އިޓަލީ ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް