24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ނިއު ޒީލެންޑު

ނިއުޒިލެންޑްގެ އެތައްހާސް ޑޮކްޓަރުންނެއް އުޖޫރައާއި މަސައްކަތުގެ މާހަލާ މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާކުރަނީ

  • މި މަހުގެ 29 އަދި 30ގައި ވެސް މުޒާހަރާ ކުރާނެ
އަބުދުﷲ މުހައްމަދު | 8Abbo

| 16 ޖެނުއަރީ 2019 | ބުދަ 23:52 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ޖޫނިއަރ ބައެއް ޑޮކްޓަރުން މަގުތަކުގެ ކަންމަތިތަކުގައި މަސައްކަތުގެ ވަގުތު ކުޑަކޮށްދިނުމަށް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބި -- އާކައިވް

މުސާރަ އާއި މަސައްކަތުގެ މާހައުލުގެ ހާލަތާ މެދު ނިއުޒީލޭންޑްގެ އެކި ކަންކޮޅުތަކުން ޖޫނިއަރ ޑޮކްޓަރުންގެ 80 އިންސައްތައާ ގާތްކުރާ އަދަދަކަށް ޑޮކްޓަރުން މަސައްކަތްހުއްޓާލުމަށް ފަހު އިހުތިޖާޖުކޮށްފިއެވެ.

އަންގާރާ ދުވަހު ޑޮކްޓަރުން އިހުތިޖާޖަށް ނުކުތީ ޔޫނިއަން އިން ސަރުކާރާ އެކު ކުރަމުންދިޔަ މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުންނެވެ

އިގްތިސާދީ ފަރަގުތައް ކުޑަކޮށް އިޖުތިމާއީ ދާއިރާއަށް ހޭދަކުރައްވާ މިންވަރު އިތުރުކުރައްވާނެ ކަމަށް 2017 ވަނަ އަހަރު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ޖެސިކާ އާޑަރން ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ގޮންޖެހުން އޮތް މިންވަރު އަންގާރަ ދުވަހުގެ މުޒާހަރާއިން ދައްކައިދެއެވެ.

ވާތުފިޔައިގެ މެދުމިނުގެ ސަރުކާރަށް ތާއީދުކުރާ ޔޫނިއަން އިން ބުނެފައިވަނީ މަސައްކަތްތެރިންގެ ހަޅުތާލަކަށް ދާންޖެހުނީ މުސާރައިގެ ކުރިއެރުން ލަސްވާއިރު ދިރިއުޅުމުގެ އަގު އަރައިގެންދާތީ ދިިމާވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގައި ޓީޗަރުންނާއި ނަރުހުންނާއި ކޯޓް އޮފިޝަލުން ވެސް މިދިޔަ އަހަރު ވަނީ މުޒާހަރާކޮށްފައެވެ.

"އަޅުގަނޑުމެން މަސައްކަތްކުރީ އިހުތިޖާޖްނުކޮށް މައްސަލަ ހައްލުކުރުމަށް އެކަމަކު އެހެން އެއްވެސް ގޮތެއްނެތީ" ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ޑެބޯރާ ޕަވަލް ވިދާޅުވިއެވެ.

ސަރުކާރުގެ 3،300 ޖޫނިއަރ ޑޮކްޓަރުންނާ އެކު ޖުމްލަ 3،700 ޑޮކްޓަރުންވަނީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ނުނިކުމެ އިހުތިޖާޖްކޮށްފައެވެ.

ޖޫނިއަރ ބައެއް ޑޮކްޓަރުން މަގުތަކުގެ ކަންމަތިތަކުގައި މަސައްކަތުގެ ވަގުތު ކުޑަކޮށްދިނުމަށް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބި ނަމަވެސް މާބޮޑަށް ޝުއޫރު ފާޅުކުރުމެއް ނެތެވެ.

ޑޮކްޓަރުންގެ ހަޅުތާލާ އެކު އެތައް ހާސް އޮޕަރޭޝަނަކާއި އެންމެ މުހިއްމު ނޫން އެ ޕޮއިންޓްމެންޓްތަކާއި ސިއްޚީ ބައެއް ޚިދުމަތްތައްް މެދުކެންޑިގެންދިޔައެވެ.

ޔޫނިއަންއިން ވަނީ ދެވަނަ ހަޅުތާލެއް 48 ގަޑިއިރަށް ދެމިގެންދާގޮތަށް ޖެނުއަރީމަހުގެ 29 އަދި 30 އޮންނާނެކަން އިއުލާނުކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް