24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ފެލައިނީ ޔުނައިޓެޑް ދޫކޮށްލަނީ

ޔުނައިޓެޑުން ފެލައިނީ ވިއްކާލަނީ!

  • ފެލައިނީ ހޯދަން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން
ލީވާން އަލީ | MrLeevaan

| 16 ޖެނުއަރީ 2019 | ބުދަ 12:28 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ޔުނައިޓެޑަށް ކުޅެމުން އަންނަ ފެލައިނީ -- ގެޓީ އިމޭޖާސް

މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފިލްޑަރު ފެލައިނީ ވިއްކާލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޑެއިލީ މެއިލްއިން ބުނީ، ފެލައިނީއަށް ގިނަ ކްލަބްތަކުން ޝައުގުވެރިވާ ކަމަށާއި، އޭނާ ވިއްކާލަން ޔުނައިޓެޑުން ނިންމާފައިވާ ކަމަށެވެ.

ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯގެ އެ ކްލަބަށް ކޯޗުކަންކޮށްދިން އިރު ފެލައިނީއަށް ކުޅެން ގިނަ ވަގުތު ލިބުނު ނަމަވެސް އާ ކޯޗު އޮލް ގަނާ ސޮލްޝާގެ އިރުޝާދުގެ ދަށުން އޭނާއަށް ކުޅެން ފުރުސަތެއް ނުލިބެއެވެ.

އެގޮތުން ފެލައިނީވެސް ބޭނުންވަނީ ޔުނައިޓެޑު ދޫކޮށް، ގިނަ ވަގުތު އޭނާއަށް ކުޅެން ލިބޭފަދަ ކްލަބަކަށް ބަދަލުވާން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފެލައިނީއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އޭސީ މިލާން އާއި ޕޯޓޯގެ އިތުރުން ޗައިނާ އާއި ތުރުކީގެ ކްލަބްތަކުންނެވެ. އަދި ޖެނުއަރީ ޓްރާންސްފާގައި އޭނާ ކްލަބް ބަދަލުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެވަޓަން ދޫކޮށްލުމަށް ފަހު ފެލައިނީ ޔުނައިޓެޑަށް ބަދަލުވެފައި ވަނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 177 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕާއި، ލީގް ކަޕާއި،ޔޫރޮޕާ ލީގުގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ބެލްޖިއަމް ގައުމީ ޓީމުން ވެސް ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ފެލައިނީ ވަނީ އެޓީމަށް ކުޅުނު 87 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމްގެ "އެބޮނީ ޝޫ" 2008 ވަނަ އަހަރު ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް