24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ހެރީ ކޭން

ކޭންއަށް އަނިޔާވެ، ހަ ހަފްތާއަށް ކުޅުމާ ދުރަށް!

  • ކޭންއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ މާޗު މަހު
ލީވާން އަލީ | MrLeevaan

| 16 ޖެނުއަރީ 2019 | ބުދަ 11:45 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ކޭންއަށް އަނިޔާވެ، ދަނޑުމަތިން ފަރުވާދެނީ -- ޓްވިޓަރ

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭންއަށް އަނިޔާވެ، ހަ ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ކޭންއަށް އަނިޔާވީ ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑް އަތުން 0-1 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިވި މެޗުގައެވެ.

ޓޮޓެންހަމުން ނެރުނު ބަޔާނެއްގައި ބުނީ، ކޭންގެ ވާތު ފައިގެ ކުޑަހުޅަށް ދިމާވި އަނިޔާއާއެކު ޓެސްޓުތަކެއް ހެދިފައިވާ ކަމަށާއި، އެ ޓެސްޓުތަކުން ކުޑަހުޅުގެ ލިގަމެންޓަށް އަނިޔާވެފައިވާކަމަށް ދައްކާ ކަމަށެވެ.

އެގޮތުން ޓޮޓެންހަމުން ބުނީ، ކޭންއަށް އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނީ މާޗު މަހުގެ ކުރީކޮޅުކަމަށް ލަފާކުރެވޭ ކަމަށެވެ.

ޕްރިމިއާ ލީގުގެ ތިންވަނައިގައި މިވަގުތު އޮތް ޓޮޓެންހަމް އާއި އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ކޭންއަށް އަނިޔާވުމަކީ ޓޮޓެންހަމްއަށް ކުރިއެރުން ހޯދަން ލިބުނު ބޮޑު ގެއްލުމަކަށް ވެގެންދާނެއެވެ.

މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކޭން ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޓޮޓެންހަމްއަށް ކުޅުނު 21 މެޗުގައި 14 ލަނޑު ޖަހާފައެވެ. އަދި ޓޮޓެންހަމްއަށް މި ސީޒަނުގައި އޭނާ ވަނީ ޖުމްލަ 30 މެޗު ކުޅެ، 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އުމުރުން 25 އަހަރުގެ ކޭންގެ ފުޓުބޯޅަ ކެރިޔަރު ފެށީވެސް ޓޮޓެންހަމުންނެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 243 މެޗުގައި 160 ލަނޑު ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ކޭން ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 35 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް