24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

އޭޝިއަން ކަޕް

އޭޝިއަން ކަޕް: އިންޑިއާ ހިތްދަތި ގޮތަކަށް ކެޓިއިރު، ކޯޗު އިސްތިއުފާދީފި

  • އިންޑިއާގެ މައްޗަށް ބަހުރޭން ކުރިހޯދީ 0-1 ގެ ނަތީޖާއަކުން
  • އިންޑިއާ ނިންމާލީ ގްރޫޕްގެ ފުލުގައި އޮވެ
ލީވާން އަލީ | MrLeevaan

| 15 ޖެނުއަރީ 2019 | އަންގާރަ 13:54 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ބަހުރޭން އަދި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

އޭޝިއަން ކަޕުން އިންޑިއާ ހިތްދަތި ގޮތަކަށް ކެޓިއިރު، އެޓީމުގެ ކޯޗުކަމުން ސްޓެފަން ކޮންސްޓަންޓިން އިސްތިއުފާ ދީފިއެވެ.

މުބާރާތުން އިންޑިއާ ކެޓީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަހުރޭންއާ ވާދަކޮށް 0-1 ގެ ނަތީޖާ އިން ބަލިވުމާ އެކުގައެވެ.

ޔޫއޭއީގައި ބަހުރޭންއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި ލަނޑު ފެނިގެންދިޔައީ އެންމެ ފަހު ވަގުތުގައެވެ. މި ލަނޑު ބަހުރޭން އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޖަމާލް ރަޝީދެވެ.

މި ނަތީޖާއާ އެކު ބަހުރޭން ވަނީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިން ވަނަ ހޯދާ، ދެވަނަ ބުރަށް ދިޔުމުގެ ކޮލިފިކޭޝަނުން ޖާގަ ހޯދާފައެވެ. އިންޑިއާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ދިޔައީ ގްރޫޕްގެ ފުލަށެވެ.

މެޗު އެއްވަރުވެގެން ނިމުނު ނަމަ، ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ދެވަނަ ބުރުން އިންޑިއާއަށް ޖާގަ ލިބޭނެއެވެ. އެޓީމަށް ދެވަނަ ބުރުން ޖާގަ ލިބޭނީ ދެވަނަ ޓީމުގެ ގޮތުގައެވެ. ނަމަވެސް އެޓީމު ބަލިވުމާއެކު އެ ފުރުސަތު ވަނީ ގެއްލިފައެވެ.

އިންޑިއާގެ މި ނާކާމިޔާބީއާ އެކު އެޓީމުގެ އިނގިރޭސި ކޯޗު ކޮންސްޓަންޓިން މަގާމުން އިސްތިއުފާދެމުން ބުނީ، ފާއިތުވެދިޔަ ހަތަރު އަހަރު ކޯޗުކަމުގެ މަގާމުގައި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކަމަށާއި، އެކަން ހާސިލްކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކޮންސްޓަންޓިން ބުނީ، އިންޑިއާގެ ކުޅުންތެރިންނާމެދު ފަހުރުވެރިވާ ކަމަށާއި، ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގެ ފުޓުބޯޅަ އިދާރާއިން އޭނާއަށް ދިން އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.

މި ގްރޫޕްގައި ހިމެނޭ ޔޫއޭއީ އާއި ތައިލޭންޑް ބައްދަލުކުރި ފަހު މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ޔޫއޭއީ ވަނީ ފަސް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ތައިލޭންޑަށް ބަހުރޭންއާ އެއް އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ ޓީމުގެ ގޮތުގައި ތައިލޭންޑް ދެވަނަ ބުރަށް ދަތުރުކުރީ ހެޑްޓުހެޑަށް ބެލުމަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް