24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑުން އާސެނަލްއާ އެއްވަރުކޮށްފި

  • ޓޮޓެންހަމްގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 14 ޖެނުއަރީ 2019 | ހޯމަ 12:02 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ޔުނައިޓެޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އާސެނަލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ޓޮޓެންހަމްއާ ވާދަކޮށް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެ ޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދާފައެވެ.

މި ހާފްގައި ޓޮޓެންހަމް އިން ފޮނުވާލި ގިނަ ހަމަލާތައް ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ. ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 44 ވަނަ މިނެޓުގައި ޕައުލް ޕޮގްބާގެ އެހީތެރިކަމާ އެކު މާކަސް ރަޝްފޯޑް ކާމިޔާބުކުރި ލަނޑުންނެވެ.

ފުރަތަމަ ހާފް ނިމުނީ ރަޝްފޯޑްގެ ލަނޑުން ޓޮޓެންހަމްގެ މައްޗަށް 0-1 ގެ ނަތީޖާއިން ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ގިނަ ހަމަލާތަކެއް ޔުނައިޓެޑުގެ ގޯލަށް ވަނީ ފޮނުވާލާފައެވެ. ނަމަވެސް އެޓީމަށް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

މި ހާފްގައި ޔުނައިޓެޑަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑު ވަނީ ކުޅުނު 22 މެޗުން 41 ޕޮއިންޓް ހަމަކޮށް، ފަސްވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. ޔުނައިޓެޑަށް ހަވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ.

މެޗުން ބަލިވި ޓޮޓެންހަމް އޮތީ ކުޅުނު 22 މެޗުން ލިބުނު 48 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ޓޮޓެންހަމް މޮޅުވިނަމަ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ދެވަނަ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް