19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ހުރަވީ ސްކޫލް

ޖާގަ ތަނަވަސް ހުރަވީ ސްކޫލު ރައީސް ހުޅުވައި ދެއްވައިފި

 • ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ކިޔަވަދޭ
 • އަންނަ އަހަރު 10، އަދި އޭލެވެލް ވެސް ފަށާނެ
 • ޖުމްލަ 1،450 ދަރިވަރުންގެ ޖާގައިގެ ސްކޫލެއް
ޙުސައިން ޙަސަން އަދި ރިޒުނާ ޒަރީރު | hucenhassan

| 13 ޖެނުއަރީ 2019 | އާދީއްތަ 10:51 | |

މަގުބޫލް

 1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
 2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
 3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
 4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
 5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
 6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
 7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
 8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ހުރަވީ ސްކޫލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައި ދެއްވި ރަސްމިއްޔާތުގެ ތެެރެއިން -- ރައީސް އޮފީސް

ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ސްކޫލު، 700 ދަރިވަރުންނާ އެކު ހުޅުމާލޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

ދިރާސީ އާ އަހަރާ ދިމާކޮށް، ހުޅުމާލޭގައި ރައީސް ސޯލިހު ހުޅުވައި ދެއްވި ހުރަވީ ސްކޫލަކީ ހަތް ބުރީގެ ތިން ބްލޮކަށް އިމާރާތްކޮށްފައިވާ ސްކޫލެކެވެ. އޭލެވެލްއާ އަހަމަށް ކިޔަވައި ދޭން ފަށަން ތައްޔާރުވެފައިވާ އެ ސްކޫލު ހުޅުވީ ޖުމްލަ 780 ދަރިވަރުންނާ އެކުގައެވެ. އެ ސްކޫލުގައި ކިޔަވައި ދެނީ ފެށީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވަޔަކާ ހަމައަށެވެ. އަންނަ އަހަރު ގްރޭޑް 10އަށް ކިޔަވައި ދޭން ފަށާނެއެވެ.

އެޗްޑީސީން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އިމާރާތްކޮށްފައި އެ އިމާރާތަކީ ރާއްޖޭގެ އެހެން ސްކޫލުތަކާ ހިލާފަށް ޖާގައިގެ ގޮތުން ތަނަވަސް ސްކޫލެކެވެ. އަދި އިމާރާތުގެ ހުރިހާ ފަންގިފިލާތައް ހަދާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެރޭނެ ގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުރަވީ ސްކޫލުގެ ހުރިހާ ޓީޗަރުންނަކީ ދިވެހި ޓީޗަރުން ކަމަށެވެ. އެގޮތުން 60 ދިވެހި ޓީޗަރުންނާ އެކު އެ ސްކޫލުގެ މުވައްޒަފުންގެ އަދަދު 80 އަރާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ހުރަވީ ސްކޫލަކީ ޖުމްލަ 1،450 ކުދިނަށް ކިޔަވައި ދިނުމުގެ ޖާގަ އޮތް ސްކޫލެކެވެ.

ހުރަވީ ސްކޫލުގެ ރަމްޒުކޮށްދެނީ ސުލްތާން ޣާޒީ ހަސަން އިއްޒުއްދީން ނުވަތަ ދޮންބަނޑާރައިންނަށެވެ. މާލެ އަތޮޅު ހުރާ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ދޮންބަންޑާރައިން ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ ކުރެއްވި މަސައްކަތްޕުޅާ ގުޅިގެން އެމަނިކުފާނަށް ނިސްބަތްކޮށް، ހުރަވީ ދުވަސް ވެސް ދަނީ ފާހަގަ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޔަސް

2 މަސް ކުރިން

ކާޅު ހާއްޔަށް ކޮވެޅި ބިސް އެޅުން

0
0