21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ރައީސް ސޯލިހު

ފިލާވަޅާ އެއްވަރަށް އިހްތިރާމާއި ހިތްހެޔޮކަމާއި އަޅާލުމުން މުހިއްމު: ރައީސް

  • މިއަހަރު ދަރިވަރުންގެ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ފެށިގެންދާނެ: މިނިސްޓަރު
ޙުސައިން ޙަސަން | hucenhassan

| 13 ޖެނުއަރީ 2019 | އާދީއްތަ 09:47 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ރައީސް ސޯލިހު ޕްރެސް ކޮންފަރެންސް ދެއްވަނީ -- ރައީސް އޮފީސް

އިހްތިރާމާއި ހިތްހެޔޮކަމާއި އެކަކު އަނެކަކަށް އަޅާލުމަކީ ކޮންމެ ދުވަހަކު ސްކޫލުގައި ނަގައިދޭ ފިލާވަޅާ އެއްވަރަށް މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ކިޔެވުން ފެށުމާ ގުޅިގެން، ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަންކަން އިތުރަށް ހޯދައި، ހުނަރު ނެރެދިނުމުގެ އަހަރަށް މިއަހަރު ހެދުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ދިރާސީ އާ އަހަރުގެ ތަހުނިޔާ ރައްދު ކުރައްވާ ކަމަށާއި ޔާމިޔާބަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ދިރާސީ އާ އަހަރު ފެށުމުގެ މުސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ފޮނުއްވެވި ތަހުނިޔާޒުގެ މެސެޖުގައި ވިދާޅުވީ މިއަހަރަކީ ދަރިވަރުންގެ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ފެށިގެންދާނެ އަހަރެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ޕްރޮގްރާމްތައް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ދެންނެވި ކޮންމެ ޕްރޮގްރާމަކީ ވެސް ދަރިވަރުންގެ ކުރިއެރުމަށް ސަމާލުކަން ދެވިގެން، ދަރިވަރުންގެ ލާބައާއި މަންފާއަށް ރާވާލެވިފައިވާ ޕްރޮގްރާމްތަކެކެވެ. މީގެ ތެރޭގައި ބައެއް ޕްރޮގްރާތައް މި ދިރާސީ އަހަރުގެ ފެށިގެންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަމެވެ،" އެޑިއުކޭޝަން މިނިސްޓަރުގެ ތަހުނިޔާގެ މެސެޖުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް