19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ހެނދުނުގެ ނާސްތާ

ނާސްތާ ޕްރޮގްރާމާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

  • ދިރާސީ އާ އަހަރު ފެށީ 70،000 ވުރެ ގިނަ ދަރިވަރުންނާ އެކު
ލީވާން އަލީ | MrLeevaan

| 13 ޖެނުއަރީ 2019 | އާދީއްތަ 07:22 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ހެނދުނުގެ ނާސްތާ -- ރާއްޖެއެމްވީ

ސަރުކާރުގެ ނާސްތާ ޕްރޮގްރާމްގެ އިފްތިތާހުކޮށް، ހަތްދިހަހާހަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފިއެވެ.

ރާއްޖޭގެ 213 ސްކޫލުގެ ތެރެއިން މިއަހަރު ނާސްތާ ޕްރޮގްރާމް ފަށާފައި ވަނީ 25 ސްކޫލެއްގައެވެ.

ތަޖުރިބާ ކުރުމުގެ ޕްރޮގްރާމެއްގެ ގޮތުގައި ނާސްތާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު އަމީނިއްޔާ ސްކޫލުގައެވެ. އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ޕްރޮގްރާމްގައި އިފްތިތާހުކޮށްދެއްވުމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ ދުވަހަކު ވެސް ތައުލީމަށް ހަރަދު ނުކުރާ މިންވަރަށް ސަރުކާރުން ތައުލީމަށް ހޭދަ ކުރައްވާނެ ކަމަށެވެ.

އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު، ހެނދުނު ދަންފަޅީގައި ކިޔަވާ 25 ސްކޫލެއްގެ 14،000 ވުރެ ގިނަ ދަރިވަރުންނަށް ސަރުކަރުން ވަނީ ނާސްތާ ދީފައެވެ. ގިނަ ދަރިވަރުންނަށް ނާސްތާ ދީފައި ވަނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސް ރޫމުގައެވެ. ދަރިވަރުންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ޔުނިސެފްގެ އެހީއާ އެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ. ދަރިވަރުންނަށް ކޮންމެ ދުވަހަކު ވެސް އޭގެ ތެރެއިން ތިން މެނޫއެއް އޮންނާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް