19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

އެމްޑިޕީ ޕްރައިމަރީ

އެމްޑީޕީ ޕްރައިމަރީގެ އޮފިޝަލުންގެ ގޮތުގައި މިނިސްޓަރުން!

  • އޮފިޝަލުންގެ ގޮތުގައި 636 ފަރާތަކުން ފޯމް ހުށައަޅައިފައިވޭ
އަލީ ސަމާޚް | AliSamah8

| 12 ޖެނުއަރީ 2019 | ހޮނިހިރު 22:39 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


އެމްޑީޕީގެ ޕްރައިމަރީއެއްގެ ވޯޓުލުން ކުރިއަށްގެންދަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ސަރުކާރުގެ މިނިސްޓަރުންވެސް ޕާޓީގެ ޕްރައިމަރީގައި ވޯޓު ފޮށި ބަލަހައްޓާ އޮފިޝަލުންގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އެމްޑީޕީން އެކަން ހާމަކުރީ އެޕާޓީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައެވެ. އެމްޑީޕީން ބުނީ، އެހެން ފަހަރުތަކާއި ހިލާފަށް މި ފަހަރުގެ ޕްރައިމަރީ އިންތިހާބު ކޮމިޓީން އިތުރު ސަމާލުކަމެއް ގެންނަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަަށެވެ. އެގޮތުން ވޯޓު ފޮށިތައް ބަލަހައްޓާނެ މަސްއޫލުވެރިން ނެގުމުގައި ކޮމިޓީން ނިންމާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި، ނައިބުންނާއި، ސްޓޭޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންފަދަ ސިޔާސީ ބޭފުޅުން އަމަލީ ގޮތުން ބައިވެރިކުރަން ކަމަށް އެމްޑީޕީން ބުންޏެވެ.

ޕްރައިމަރީއާއި ނުލައި 10 ކެންޑިޑޭޓަކަށް އެމްޑީޕީން ޓިކެޓް ދީފައިވާއިރު އެ ކެންޑިޑޭޓުން ވެސް ޕްރައިމަރީގެ ކަންކަމުގައި މަޝްޣޫލުކުރުމަކީ ޕާޓީން އެދޭ ކަމަށްކަށް ވާތީވެ އެ ފަރާތްތަކުންވެސް ވޯޓް ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެކަމަށް ޕާޓީންް ބުނެ އެވެ

މި މަހުގެ 18 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީގެ އިންތިހާބުގައި 219 ވޯޓް ފެށި ބަހައްޓަން ހަމަޖެހިފައިވާއިރު އޮފިޝަލުންގެ ގޮތުގައި 636 ފަރާތަކުން ފޯމް ހުށައަޅައިފައިވާ ކަމަށާއި، އޮބްޒާވަރުންގެ ގޮތުގައި ޝައުގުވެރިކަން ފާޅުކޮށް 1192 ފޯމް ހުށައަޅާފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

އެމްޑީޕީން އެ ޕާޓީގެ ޕްރައިމަރީއަށް ތައްޔާރީތައްވަމުން އަންނައިރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކޭމްޕޭނު ލޯންޗު ކުރުމުގެ ހަފްލާތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް