21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އިންޑިއާ ސަރުކާރު

އިންޑިއާގެ އިދިކޮޅު ދެ ޕާޓީއަކުން ބޮޑުވަޒީރު މޯޑީއާއި ދެކޮޅަށް ކޯލިޝަން ހަދައިފި

  • އުއްތަރު ޕްރަދޭޝްއިން ގާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް 80 މެމްބަރުން ހޮވާ
އަމަން ހަލީމް | soupized

| 12 ޖެނުއަރީ 2019 | ހޮނިހިރު 20:26 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ދެ ޕާޓީ ގުޅިގެން ގާނޫނުހަދާ މަޖިލީހުގެ 76 ގޮނޑިއަކަށް ކުރިމަތިލާން ނިންމައިފައިވޭ -- ރޮއިޓަރސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ކުރިޔަށް އޮތް އާއްމު އިންތިހާބުގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ސަމަޖްވާދީ ޕާޓީ (އެސްޕީ) އާއި ބަހުޖާން ސަމާޖް ޕާޓީ (ބީއެސްޕީ) އިން ނިންމައިފިއެވެ.

މި ދެ ޕާޓީ ނިސްބަތްވާ އުއްތަރު ޕްރަދޭޝްއިން ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް 80 މެމްބަރުން ހޮވާއިރު، އެ ސްޓޭޓަށް ނިސްބަތްވާ ނުވަ ބޭފުޅަކު ވަނީ އިންޑީއާގެ ބޮޑުވަޒީރުކަން ކުރައްވާދައެވެ

ހޮނިހިރު ދުވަހު އެ ސްޓޭޓްގެ ވެރިރަށް ލަކްނޯގައި ސަމަޖްވާދީ ޕާޓީގެ ލީޑަރު އަކިލޭޝް ޔާދަވްއާއި ބަހުޖާން ސަމާޖް ޕާޓީގެ ލީޑަރު ކުމާރީ މަޔާވަތީ ވަނީ ދެ ޕާޓީ ގުޅިގެން ގާނޫނުހަދާ މަޖިލީހުގެ 76 ގޮނޑިއަކަށް ކުރިމަތިލާން ނިންމައިފައިވާ ކަމަށް އިއުލާންކޮށްފައެވެ.

އެ ބައްދަލުވުމުގައި މަޔާވަތީ ވިދާޅުވީ މި ކޯލިޝަންގެ ސަބަބުން ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު އަމިތް ޝާހްއަށާއި މޯދީއަށް ކުރިޔަށް އޮތް ތާނގައި "ނިދި ނުލިބި" ގިނަ ރޭތަކެއް ހޭދަކުރަން ޖެހޭނެ ކަމަށެވެ. އަދި މިއީ ގައުމަށް އަންނަ އައު ސިޔާސީ އިންގިލާބެއް ކަމުގައި ވެސް މާޔާވަތީ ވަނީ ސިފަކުރައްވާފައެވެ.

އެސްޕީގެ ލީޑަރު ޔާދަވް ވިދާޅުވީ ގުޅިގެން މަސައްކަތް ކުރަން ނިންމީ ބީޖޭޕީއިން ހިންގަމުން އަންނަ ބޭއިންސާފުވެރި ކަންކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ. މި ދެ ލީޑަރުންނަކީ ވެސް ކުރިން އެ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

މި ސަރަހައްދުގައި މި ދެ ޕާޓީއަށް އޮތް ތާއީދު ބޮޑުކަމުން، މާހިރުން ބުނެފައިވަނީ މި އިއްތިހާދުގެ ސަބަބުން ބީޖޭޕީއަށް ވަރުގަދަ ހުރަސްތަކެއް ކުރިމަތި ވާނެ ކަމަށެވެ. މިހާރު އުއްތަރު ޕްރަދޭޝްގައި ވެރިކަން ކުރަނީ ބީޖޭޕީއިންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް