21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އުރީދޫ

އުރީދޫ އިން ގެސް ދަ ވަރޑް ނަމުގައި އެސް.އެމް.އެސް މުބާރާތެއް ފަށައިފި

  • 10 ޖަނަވަރީ 2019 އިން 10 އެޕްރީލް 2019 އަށް މި މުބާރާތް ކުރިއަށްދާނީ
  • އެންމެ މޮޅު ސްކޯ ހޯއްދަވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ، ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފައި
ސިމާހާ ނަސީމް | sim_kamana

| 12 ޖެނުއަރީ 2019 | ހޮނިހިރު 17:58 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


އޫރީދޫ އެސްއެމްއެސް މުބާރާތް ޕޯސްޓަރު -- އުރީދޫ

މަގްބޫލު ގޭމް ކަމަށްވާ "ހޭންގް މޭން" އަށް ބިނާކޮށް، "ގެސް ދަ ވަރޑް" ގެ ނަމުގައި އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ ވަރަށް ފޯރިގަދަ މުބާރާތެއް އުރީދޫ އިން ފަށައިފިއެވެ.

މި ގޭމް ކުޅެ، އެންމެ މޮޅު ސްކޯ ހޯއްދަވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ، ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފައެވެ.

"ގެސް ދަ ވާރޑް" ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކޮށް، ފަސް ލެވެލް އަކަށް ބެހިފައިވާ މި ގޭމުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން، މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި، ލިބޭ ޕޮއިންޓުތައް އިތުރުވެގެން ދާނެއެވެ.

10 ޖަނަވަރީ 2019 އިން 10 އެޕްރީލް 2019 އަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރުމުން ބައިވެރިވެވޭނެއެވެ.

"ގެސް ދަ ވާރޑު"ގައި ބައިވެރިވެ، ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ކުޅުންތެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:

ވަނަ

އިނާމު

ދުވަހުގެ ޓޮޕް ސްކޯރަރ

1.25 ޖީބީ ޑޭޓާ

ކޮންމެ 15 ދުވަހެއްގެ ޓޮޕް ސްކޯރަރ

އައިފޯން އެކްސް

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ

މެކްބުކް އެއާ

މުޅި މުބާރާތުގެ ދެވަނައަށް މޮޅު ކުޅުންތެރިޔާ

ސެމްސަންގ ގެލެކްސީ ނޯޓް 9

މުޅި މުބާރާތުގެ ތިންވަނައަށް މޮޅު ކުޅުންތެރިޔާ

އެޕަލް ވޮޗް

 

އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުންނަށް ކަމުދާނެ ޚިދުމަތްތަކާއި ޕްރޮމޯޝަންތައް ގެނެސްދިނުމަށް ކަމަށް އެ ފަރާތުން ބުނެއެވެ.

"ގެސް ދަ ވަރޑް" ޕްރޮމޯޝަން އާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް www.ooredoo.mv ނުވަތަ މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް