21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

މަަގޭ ރިޕޯޓް

މާލީ ބަޔާން ހާމަ ކުރުން: ރަނގަޅު ފެށުމަކަސް، ހިތްހަމައެއް ނުޖެހުނު

  • އާއިލާ ބޭފުޅުންގެ މައުލޫމާތު ވެސް ހާމަ ކުރަން ޖެހޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 12 ޖެނުއަރީ 2019 | ހޮނިހިރު 16:01 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ރައީސް އޮފީސް

ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް އާންމުކޮން ފެންނާނެ ހެން ހާމަ ކުރުމަކީ މީގެ ކުރިން ކޮށްއުޅުނު ކަމެއް ނޫނެވެ. ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ގިނަ އަޑުތަކެއް އުފުލުމަށް ފަހު ވެރިކަމަށް ވަޑައިގެން ބޭފުޅުން ސަރުކާރާ ހަވާލުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ވަނީ މާލީ ބަޔާންތައް ހާމަކުރައްވާފައެވެ. ރައީސުލް ޖުމްޙޫރިއްޔާއިން ފެށިގެން ރައީސުލް ޖުމްޙޫރިއްޔާގެ ނައިބާއި ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިންގެ މާލީ ބަޔާން ވެސް ހާމަ ކުރެއްވި އެވެ. ނަމަވެސް އެކަން ހާމަ ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކޭ މީހާ ވެސް ހިތްހަމަ އެއް ނުޖެހެ އެވެ. އަދިވެސް ދައްކަނީ މާލީ ބަޔާން ފުރިހަމަ ނޫން ވާހަކަ އެވެ.

ކުރީގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ބައެއް ވަޒީރުންގެ މާލީ ބަޔާންތައް ފެނި ބައެއްް މީހުންގެ ފާޑުކިޔުން އަމާޒުވި އެވެ. މިސާލަކަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރީ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި މިހާރުގެ ޓްރާންސްޕީޓް މިނިސްޓަރ އައިޝަތު ނަހްލާ މާލީ ބަޔާނުގައި އެކަމާނާގެ މިލިއްކިއްޔާތުގައި މުދާތަކެއް ނެތުމުން އެކަމާ ބައެއްް މީހުން ފާޑު ކިޔެވެ. ނަމަވެސް އެެއީ ބިނާކުރުވަނިވި ފާޑު ކިޔުމަކަށް ނުވެދާނެ އެވެ. ސަބަބަކީ ގާސިމް އަނބިކަނބަލުންނަށް ވީތީ މިލްކިއްޔާތުގައި ގިނަ މުދާތަކެއް ކޮންމެހެން ހުންނާކަށް ނުޖެހޭނެ އެވެ. އަމިއްލަ މިލިކިއްޔާތުގައި އެތައް ބައިވަރު މުދަލެއް ނެތަސް އައިޝާގެ ފިރިކަލުންނަކީ އެހާ ތަނަވަސް ބޭފުޅެކެވެ.

މާލީ ބަޔާންތައް ރަނގަޅު ކުރުމަށް އެހެން ނަމަވެސް ކުރެވިދާނެ ބައިވަރުކަންކަން އެބަ ހުއްޓެވެ. މާލީ ބަޔާންތަކުން ނިކުންނަ ޖެހޭ ނަތީޖާއަކީ އާއިލާގެ މަސްލަހަތު ހިމެނޭ ވިޔަފާރީތައް ބޭނުން ކޮށްގެން ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަށް ފުރުސަތު ނުދިނުން ކަމަށް ވަންޏާއި އެއް ބޭފުޅެއްގެ އެކަނި މާލީ ބަޔާން ހާމަ ކުރުމަކުން ނުފުދެ އެވެ. ވަޒީރަކު ނަމަ ނުވަތަ ރައީސަކު ނަމަ ކައިވެނި ބައްލަވައިގެން އުޅުއްވާ ބޭފުޅެއްގެ މާލިއްޔަތުގައި ހުރި މުދަލުގެ ހުލާސާއެއް ނަމަވެސް އެ ބަޔާނުގައި ހިމެނުން ރަނގަޅު ކަމެއް ކަމަށް ވެދާނެ އެވެ. ހަމަ އެކަނި އެންމެ ބޭފުޅެއްގެ ބަޔާން އެގޮތައް ހާމަ ކުރުމުން އަނބިކަނބަލުން ނުވަތަ ފިރިކަލުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މުދަލަކަށް ނުވަތަ ކުންފުންޏަކަށް ނާޖައިޒް ފައިދާއެއް ލިބުނަސް ނޭނގިދާނެ އެވެ. އެހެން ކަމުން އަނބިދަރިންގެ މާލީ ބަޔާންތައް ވެސް އޭގައި ހިމަނަލައިގެން ފުރިހަމަ ކޮށްލުން މުހިންމެވެ.  

ސަރުކާރުގެ އިސްވެރިންގެ ބަޔާންތައް މި ފަހަރު ހާމަ ކޮށްފައިވަނީ ގާނޫނަކުން އެކަން ލާޒިމްކޮށްގެން ކަމަށްނުވާތީ އެކަމަށްޓަކައި ސަރުކާރުގެ އިސްވެރިންނަށް ތައުރީފު އޮހެ އެވެ. މި ކަމަކީ ރާއްޖޭގެ ކޮރަޕްޝަނާއިދެކޮޅަށް ކުރެވޭ މަސައްކަތުގައި ހަގީގީ އިހްލާސްތެރި މަސައްކަތްތަކެއްގެ ފެށުން ކަމަށް ވެދާނެ އެވެ. ނަމަވެސް މިކަން ގާނޫނަކުން ލާޒިމް ކުރުމަށް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުން އެއީ ކުރަން ޖެހޭ ކަމެކެވެ.

ހަމަ މިއާއެކު ތިން ވަނަ ފަރާތަކުން އެ މާލީ ބަޔާންތައް ހާމަ ކުރުމުން ވެސް މުހިންމެވެ. އޭރުން އެކަމުގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ނެތިގެން ދާނެ އެވެ. ވަޒީރުންނާއި ރައީސް އޮފީހުގެ މިނިސްޓަރުންގެ ބަޔާންތައް ރައީސް އޮފީހުން ހާމަ ކުރުމުން އެ ބަޔާންތަކާމެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބިގެންދެ އެވެ. އެއީ ސައްހަ ބަޔާންތަކެއް ނަމަވެސްމެ އެވެ. އެހެން ކަމުން ސަރުކާރުން ކޮށްލާ ކުޑަ ކަމަކުން އާންމުންގެ އިތުބާރު ހޯދިދާނެ އެވެ. އޮޑިޓް ކުރާ މުވައްސަސާއެއް މެދުވެރިކޮށް އެ ،މާލީ ބަޔާންތަކުގެ މައުލޫމާތު ކަށަވަރު ކުރުމާއެކު ހިއްސާ ކޮށް ހާމަ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ އެވެ.  

މިހާރު ހާމަކޮށްފައިވާ މާލީ ބަޔާނުގައި ހިމެނޭ މައުލޫމާތުތައް އެކަނި ހިމަނައިގެން އަންނަ އަހަރު މި ބަޔާންތައް ހާމަ ކުރިނަމަވެސް ޔަގީން ކުރެވޭނެ މައުލޫމާތުތަކެއް އެބަ ހުއްޓެވެ. ވަޒީރުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު އިތުރު ފްލެޓެއް ބައްލަވައިގެންފައި އޮތަސް އަދި ވިޔަފާރީއެއް ފަށާފައި އޮތަސް އޮންނާނީ އެނގޭށެވެ. އެހެން ކަމުން ޝަކުވާތަކެއް ހުއްޓަސް މި ބަޔާންތައްވެސް މުޅިއަކުން ގޯހެއް ނޫނެވެ. 

ދެން އޮތީ މި ބަޔާންތައް އާންމުކުރުމުން ދައުލަތުގެ އެހެނިހެން މަގާމުތަކުގައި ތިބި މީހުނަށް ރައްދުވާ މަލާމާތެވެ. ސުޕްރީމް ކޯޓާއި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުންގެ މާލީ ބަޔާންތައް ހާމަ ނުކުރާ ވާހަކަ އެވެ. މިނިވަން މުވައްސަސާތަކާ އެހެނިހެން އިސްވެރިން ވެސް ލަދު ކަނޑާލާފައި މާލީ ބަޔާންތައް ހާމަ ނުކުރަނީ ކީއްވެތޯ ކުރާ ސުވާލެވެ. މާލީ ބަޔާންތަކާއެކު އިވުނީ ތައުރީފަށް ވުރެ ބޮޑަށް އެކަން ތަފްސީލްވާނެ ގޮތާ ގުޅޭ ގޮތުން މީހުންގެ ހިޔާލެވެ.     

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް