20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

މާލެ ސިޓީ ކައުންސިލް

ވިލިމާލޭގައި މީހުން ވަޅުލާން ފަށަނީ

  • ވިލިމާލޭގައި ވަޅުލުހުން ހުއްޓާލީ ޔާމީން ވެރިކަމުގައި
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 12 ޖެނުއަރީ 2019 | ހޮނިހިރު 12:02 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ވިލިމާލެ ސަހަރާ ސާފު ކުރަނީ -- ރާއްޖެއެމްވީ

ވިލިމާލޭ ސަހަރާގައި ހުރި ހިނަވާގެ މަރާމާތު ކުރުމަށްފަހު އެ ސަހަރާގައި އަލުން މީހުން ވަޅުލަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައިބުނެފައިވަނީ ވިލިމާލޭ ސަހަރާގައި ދެ އަހަރާ ބައިވަންދެން މީހުން ވަޅުލުން ހުއްޓާލާފައި އޮތުމަށްފަހު މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުމާ އެކު ވިލިނގިލީ ހެޔޮއެދޭ ފަރާތްތަކުން ސަހަރާ ސާފުކޮށްފައިވާ ކަމަށާއި ހިނަވާގެ މަރާމާތު ކުރުމަށް ފަހު އެ ސަހަރާގައި އަލުން މީހުން ވަޅުލަން ފަށާނެ ކަމަށެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ވިލިމާލޭ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އަދި ވިދާޅުވީ ފެށޭ ހަފްތާގެ ތެރާގައި ސަހަރާގެ ހުރި މަރާމާތުތައް ކުރަން ފަށާނެ ކަމަށެވެ.

ވިލިމާލޭ ސަހަރާގައި މީހުން ވަޅުލުމުގެ މަސައްކަތް އަލުން ފަށަން ނިންމާފައިވާއިރު ސަރުކާރުން ވަނީ ސަހަރާތަކާއި މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.

ސަމާއު ވިދާޅުވީ ގާނޫނަށް ގެނެވުނު ބަދަލާ އެކު ކޮންމެ ކައުންސިލަކަށް ވެސް ލިބިދީފައިވާ ބާރުގެ ދަށުން ރަށްތަކާއި އަތޮޅުތަކާ އަދި ސިޓީތަކުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އެތަނެއްގައި އޮންނަ ކައުންސިލަކުން ކަމަށެވެ  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް