20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ރައްޔިތުންގެ މަޖިލިސް

މައްސަލަ ހުށަހެޅާފައި އޮތަސް އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ: އިލެކްޝަން

 • ކޯޓަކުން ހުކުމެއް ކޮށްފިނަމަ އެއައަށް އަމަލު ކުރާނެ
 • މިމައްސަލަ ހުށަހެޅީ ޑިސެންބަރު 12 ގައި
 • މިމައްސަލާގެ އަޑު އެހުމެއް އަދި ބާއްވާފައި ނުވޭ
އަމްނާ އިމާދު | @amnabinthimad

| 12 ޖެނުއަރީ 2019 | ހޮނިހިރު 11:50 | |

މަގުބޫލް

 1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
 2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
 3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
 4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
 5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
 6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
 7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
 8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ އިދާރާ -- ގޫގުލް

އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތަސް، މިހާރު ތާވަލުކޮށްފައިވާ ގޮތަށް އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މިމަހުގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށާއި، މިމަހުގެ ފަހުކޮޅު އިންތިޚާބީ ދާއިރާތައް އިއުލާންކުރާނެ ކަމަށެވެ. ނަމަވެސް ކޯޓަކުން ހުކުމެއް ކޮށްފިނަމަ އެއަށް އަމަލު ކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އަދި މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި، މަރިޔަމް ޝުނާނާ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝުނާނާ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ނިމިގެން ދިޔަ ޑިސެންބަރު މަހު 12 ގައި ކަމަށާއި، އެމަހުގެ 18 ވަނަ ދުވަހު އަޑުއެހުމެއް ތާވަލް ކުރި ކަމަށެވެ. ނަމަވެސް އެއަޑު އެހުން ކޯޓުން ކެންސަލް ކުރީ ކަމަށާއި، އޭގެ ފަހުން އަޑުއެހުމެއް ތާވަލްކޮށްފައިނުވާ ކަމަށެވެ.

އެ މައްސަލަ ނިމިންދެން އައްޑޫ ސިޓީގައި މަޖިލީސް އިންތިހާބު ކުރިއަށް ނުގެންދަން ވަގުތީ އަމުރަކަށް ހައިކޯޓުގައި އެދިފައިވާއިރު، ޝުނާނާ ވިދާޅުވީ އިންތިޚާބީ ދާއިރާތައް ފައިނަލް ކުރުމުގެ ކުރިން މައްސަލައަށް ގޮތެއް ނިންމަން ބޭނުންވާ ކަމަށެވެ.

މަޖިލިސް އިންތިޚާބަށް ގިނަ ބަޔަކު ކެމްޕޭން ކުރަމުންދާކަން ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ މިއީ އެތައް ރައްޔިތަކާއި ގުޅިފައިވާ މައްސަލައެއް ކަމަށާއި މައްސަލަ އަވަސްކުރަން ޖެހޭ ކަމަށެވެ. 

އައްޑޫ ސިޓީގެ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ހުށަހެޅި އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލުމަށް އެކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށެވެ. މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށާއި އެ މައްސަލަ ނިމެންދެން އައްޑޫގައި އިންތިހާބު ބޭއްވުން މަޑުޖައްސާލުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ. 

މަރަދޫފޭދޫ ވަކި ދާއިރާއަކަށް ހަދައިދިނުމަށް އެ އަވަށުގެ ރައްޔިތުން މީގެކުރިން އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވީ ނަމަވެސް، އެކޮމިޝަނުން ނިންމީ ކުރިން އޮތް ގޮތަށް ބާއްވާށެވެ.

މަޖިލިސްގެ އިންތިޚާބުގައި ދާއިރާތައް ބެހިގެންވާ ގޮތް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު، ދާއިރާތައް އިތުރުވީ ހަމައެކަނި މާލޭގަ އެވެ. އެއީ ހުޅުމާލެ ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް