20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އާސަންދަ ހިދުމަތް

އާސަންދައިގެ ޕޯޓަލަށް މައްސަލައެއް ދިމާވެ، ޚިދުމަތަށް ބުރޫ އަރައިފި

  • މިމައްސަލަ ދިމާވީ ރޭ ދަންވަރު
  • ޕޯޓަލްއަށް ދިމާވީ ކޮން މައްސަލައެއްކަން ނޭނގޭ
އަމްނާ އިމާދު | @amnabinthimad

| 12 ޖެނުއަރީ 2019 | ހޮނިހިރު 11:13 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އައިޖީއެމްއެޗް ހޮސްޕިޓަލް -- ފޮޓޯ: މުހައްމަދު ޝަރުހާން

އާސަންދައިގެ ޕޯޓަލަށް މައްސަލައެއް ދިމާވެ، ސިއްހީ ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އާސަންދައިގެ ޕޯޓަލަށް މައްސަލައެއް ދިމާވެގެން ޚިދުމަތަށް ބުރޫއެރި ކަމަށެވެ. އާސަންދައިން ޚިދުމަތް ނުދެދި، ދަންވަރު ޑޮކްޓަރަށް ދެއްކި މީހުންގެ އަތުން ޑޮކްޓަރަށް ދެއްކުމަށް ނަގާ ފީ ނެގި ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އަދިވެސް މައްސަލަ ހައްލުނުވާ ކަމަށާއި، ކަމާ ބެހޭ ފަރާތްތަކުން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭޑީކޭ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްވާލް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން އާސަންދަ މެދުވެރިކޮށް ދޭ ހިދުމަތްތަކަށް ހުކުރު ދުވަހުގެ ރޭ ދަންވަރު ބުރޫ އެރި ކަމަށާއި އެކަން ސިމާވި އާސަންދައިގެ ސާވާ ޑައުންވެގެން ކަމަށެވެ. ނަމަވެސް އެއްވެސް މައްސަލައެއް ކުރިމަތިނުވެ، އާސަންދައިން ދޭންޖެހޭ ހިދުމަތްތައް އޭޑީކޭއިން ދެމުން ގެންދާ ކަމަށް އަފްވާލް ވިދާޅުިއެވެ.

އައިޖީއެމްއެޗުން ބުނީ އެ މައްސަލަ ދިމާވުމާ ގުޅިގެން ހޮނިހިރު ދުވަހުގެ ހެނދުނު ޚިދުމަތް ހޯދާ މީހުންނަށް އާސަންދައިން ޕޭމަންޓް ކްލިއަރ ނުކުރެވުނު ނަމަވެސް ޚިދުމަތް ދެމުން އަންނަ ކަމަށެވެ. 

އާސަންދައިގެ ޕޯޓަލަށް ދިމާވި މައްސަލައާ ގުޅިގެން އެ ކުންފުނީގެ މީޑީއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ ދިމާވި މައްސަލަ ހައްލުކޮށް، އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Boakibaa

1 ހަފްތާކުރިން

Faibaru buriveee

0
0