21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ބައްސާމް - މަހުލޫފް

ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

  • އޮންނަ އުސޫލެއްގެ މަތިން ކަންކަން ކުރައްވާނެ ކަމަށް އުންމީދުކުރަން
ލީވާން އަލީ | MrLeevaan

| 12 ޖެނުއަރީ 2019 | ހޮނިހިރު 10:48 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ބައްސާމް (ކ) އަދި މަހުލޫފް (ވ) -- ރާއްޖެއެމްވީ

ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތައް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް މިހާރު ހުންނާނީ ރަނގަޅަށް ރޯފިލާފައި ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ދިވެހި ފުޓުބޯޅަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، މިނިސްޓަރު މަހުލޫފް މީގެކުރިން ކަންކަމުގައި އަމަލުކުރެއްވި ގޮތަށް އަމަލު ނުކުރައްވާ، އޮންނަ އުސޫލެއްގެ މަތިން ކަންކަން ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިނިސްޓަރު މަހުލޫފަށް ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތައް އާ ވެދާނެ ކަން ފާހަގަކުރައްވަމުން ބައްސާމް ވިދާޅުވީ، ފީފާ އަދި އޭއެފްސީގެ ހުއްދައާ ނުލާ އެފްއޭއެމްގެ އެއްވެސް ކަމެއް ނުބެލޭނެކަން ކުރިންވެސް މިނިސްޓަރު މަހުލޫފަށް ދަންނަވާފައިވާނެ ކަމަށެވެ.

"ކަން ހިނގާ ގޮތް މިހާރު ވަރަށް ބޮޑަށް މިނިސްޓަރަށް އެނގިލައްވާނެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށް އުންމީދުކުރަން. އޮންނަ ޕްރޮސެސް ފޮލޯކުރައްވާނެ ކަމަށް އުންމީދުކުރަން. ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ޕޮލިސީ ތަކާއި، ގަވައިދުތައް މިހާރު ހުންނާނީ ރޯފިލާފައި" ބައްސާމް ވިދާޅުވިއެވެ.

ނަމަވެސް އޭއެފްސީގެ ރައީސް ޝައިހް ސަލްމާންއާ މިނިސްޓަރު މަހުލޫފް ބައްދަލު ކުރެއްވުމުން، ކަންކަން ހިނގާ ގޮތް މިހާރު ވަރަށް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ، އެފްއޭއެމަކީ އެ އިރެއްގައި އޮންނަ ސަރުކާރަކާ އެކު ގުޅިގެން މަސައްކަތް ކުރާނެ ތަނެއް ކަމަށާއި، އެގޮތުން އެފްއޭއެމް އޮތީ ޔޫތު މިނިސްޓަރު ނުވަތަ ޔޫތު މިނިސްޓްރީއާ ޖެހިގަނެގެން މަސައްކަތް ކުރަން ނޫން ކަމަށެވެ. އަދި މިނިސްޓަރު މަހުލޫފާ ގުޅުން ރަނގަޅު ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ބައްސާމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން އެފްއޭއެމްއަށް ހަރަދުކުރާ ފައިސާއަށް ވީނުވީ ގޮތް ބެލުމަށް މިނިސްޓަރު މަހުލޫފް ވަނީ "ފެކްޓް ފައިންޑިން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލާ މަސައްކަތްތައް ފަށާފައެވެ. އަދި އެފްއޭއެމްގެ ތެރެއަށް ނުވަދެ އޭއެފްސީ އާއި ފީފާގެ ގަވައިދުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް