21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ށ.ނޫމަރާ

ނޫމަރާ ނެރަށް އެރި ދޯނި ފުނޑުފުނޑުވެ، ބަނދަރަށް ވެސް ގެއްލުން ވެއްޖެ

 • އެސަރަހައްދަށް ވަނީ ތެޔޮތައް ފެތުރިފައި
 • ދޯނީގެ ބައިތައް ރަށުގެ ގޮނޑުދޮށަށް ލައްގާ
 • ބަނދަރު ހެދީއްސުރެ ކަނޑިމައް އިންނަ ފައިކަށި ނުޖަހާތީ މިފަދަ ހިތާމަވެރި ހާދިސާ ހިނގާ
އަމްނާ އިމާދު | @amnabinthimad

| 12 ޖެނުއަރީ 2019 | ހޮނިހިރު 09:55 | |

މަގުބޫލް

 1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
 2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
 3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
 4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
 5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
 6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
 7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
 8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ނެރުމައްޗަށް އެރި ދޯނި ހަލާކުވެފައި -- އާކައިވް

ށ. ނޫމަރާ ނެރުގެ ފައިކައްޓައް އެރި ދޯނި އެއްކޮށް ހަލާކުވެ، ބަނދަރު ހިމާޔަތް ކުރުމަށް ހަދާފައިވާ ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނޫމަރާ ކުރީގެ ކައުންސިލްގެ ރައީސް އަހްމަދު ވިޝާން ވިދާޅުވީ އެ ދޯންޏަކީ އެރަށުގެ އިންޖީނުގެ ގެއަށް ބޭނުންވާ ތެޔޮ ހިފައިގެން އައި ދޯންޏެއް ކަމަށާއި، ތެޔޮ ހުސްކުރުމަށްފަހު ނުކުންނަން ދިޔަ ވަގުތު މިދިޔަ ހޮނިހިރު ދުވަހު ފައިކައްޓަށް އެރީ ކަމަށެވެ.

ވިޝާން ވިދާޅުވީ ފައިކައްޓަށް އެރިއިރު، ދޯނީގައި މާގިނަ ތެޔޮނެތް ކަމަށާއި، ނަމަވެސް ދޯނީގެ އިންޖީނު ޓޭންކްގައި ހުރި ތެޔޮތައް މުޅި ހިސާބަށް ފެތުރިގެން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދޯނި ފުން ނުކުރެވި މިހާރު އެއްކޮށް ހަލާކުވެފައިވާ ކަމަށާއި، ދޯނީގެ ބައިތައް ނެއްޓި އޮޔާދާ ކަމަށެވެ.

"ރާއްޖެއެމްވީ"އަށް ލިބިފައިވާ ދޯނީގެ ފޮޓޯތަކުން ވެސް ފެންނަނީ ނެރަށް އެރި ދޯނި ހަލާކުވެ، ފުނޑުފުނޑުވެފައިވާތަނެވެ.

ދޯނީގެ ބައެއް ބައިތައް ރަށުގެ ގޮނޑު ދޮށަށް ވެސް ލައްގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދޯނީގެ ޓޭންކްގެ ބައިތަކުން ބަނދަރުގެ ހިމާޔަތް ކުރުމަށް ޖަހާފައިވާ ތޮށިގަނޑުގައި ޖެހި ބޮޑެތި ގެއްލުން ތަކެއްވެފައިވާ ކަމަށެވެ. ވިޝާން ވިދާޅުވީ މިތޮށިގަނޑަކީ ރަށުގެ މާލިއްޔަތުން ހިންގާފައިވާ ބޮޑު ޕްރޮޖެކްޓެއް ކަމަށާއި، ތޮށިގަނޑު ހެދުމަށް 700،000 ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށެވެ.

ދޯނީގެ ބައިތައް ރަށުގެ ގޮނޑުދޮށަށް ލައްގާފައި

ވިޝާން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު 11:50 ހާއިރު، ދޯނި ފައިކައްޓަށް އެރުމާއެކު އާންމުންނާއި، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފުން ކުރުމުގެ މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވީ މޫސުން ގޯސްވެ ރާޅުބޮޑުވުމުން ކަމަށެވެ.

މީގެ އިތުރުން ވިޝާން ވިދާޅުވީ ބަނދަރު ހެދީއްސަރު ނޫމަރާ ކަނޑިމައް އިންނަ ފައިކަށި ނުޖަހާ ކަމަށާއި، އެ ސަބަބާ ހުރެ، މިފަދަ ހިތާމަވެރި ހާދިސާ ހިނގަނީ ކަމަށެވެ.

"ރައްޔިތުންގެ އަގުބޮޑި މުދާ ހަލާކުވެގެންދާތީ ވަރަށް ކަންބޮޑުވޭ. އުންމީދު ކުރަނީ މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް ދާދި އަވަސް ހަލެއް ލިބިގެން ދިއުން. ވަރަށް ކުރީއްސުރެ އަޅުގަނޑުމެން މިކަންބޮޑުވުންތައް ހިއްސާ ކުރަމުން އައީ. އެކަމަކު ކުރީގެ ސަރުކާރުން މިކަމަށް އެއްބާރުލުމެއް ނުދިން" ވިޝާން ވިދާޅުވިއެވެ.

50 ފޫޓުގެ އަބާރަނާ ނަމަކަށް ކިޔާ ދޯންޏަކީ ށ. ކޮމަންޑޫ ދޯންޏެވެ. މިދޯންޏަކީ އަބަދު ވެސް އެރަށުގެ އިންޖީނުގެއަށް ތެޔޮ ގެނެސްދޭ ދޯންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް