19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ރަހަފް މުހައްމަދު

ފިލައިގެން ދިޔަ ރަހަފްއަށް ކެނެޑާއިން ހިމާޔަތް ދީފި

  • ރަހަފްވަނީ ކޮރެއާގެ ސޯލް މަގުން ކެނެޑާއަށް ދިޔުމަށް ތައިލެންޑުގެ ބެންކޮކުން ދަތުރުފަށާފައި
އަމަން ހަލީމް | soupized

| 12 ޖެނުއަރީ 2019 | ހޮނިހިރު 09:19 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ރަހަފް ތައިލެންޑުގެ އިމިގްރޭޝަން އޮފިޝަލުންނާއި އދ.ގެ ރެޕާއި އެކު -- ސީ.އެން.އެން

އާއިލާގެ އަނިޔާއިން ސަލާމަތްވާން ކަމަށް ބުނެ، ފިލައިގެން ތައިލެންޑަށް ދިޔަ ސައުދީ އަންހެން ކުއްޖާ ރަހަފް އަލް ގުނޫންއަށް ކެނެޑާއިން ހިމާޔަތް ދީފިއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އދ.އިން ރަހަފްއަށް ހިމާޔަތް ދޭން އެދުމުން ކެނެޑާއިން އެކަން ގަބޫލުކުރީ ކަމަށެވެ. ކެނެޑާއިން އަބަދުވެސް އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް ޓްރޫޑޯ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ރަހަފްވަނީ ކޮރެއާގެ ސޯލް މަގުން ކެނެޑާއަށް ދިޔުމަށް ތައިލެންޑުގެ ބެންކޮކުން ދަތުރުފަށާފައެވެ. ރަހްފް ތައިލެންޑަށް ދިޔައީ އާއިލާއާއި އެކު ކުވެއިތުގައި ހުރެފައި އޮސްޓްރޭލިއާއިން ހިމާޔަތް ހޯދުމުގެ ބޭނުމުގައިއެވެ.

ބެލެނިވެރިޔާގެ ހުއްދުއާ ނުލައި ދަތުރުކުރުމުން، ތައިލެންޑުން ރަހަފް ފޮނުވާލުމުގެ މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ފަހުން އދ.އިން އޭނާއަކީ ރެފިއުޖީއެއް ކަމަށް ކަނޑައެޅުމާއި ގުޅިގެން، ތައިލެންޑުން ވަނީ ރަހަފް އެ ގައުމުގައި ހުރެގެން ހިމާޔަތް ހޯދަން ހުއްދަދީފައިއެވެ.

ރަހަފް ބުނެފައިވަނީ އޭނާ އަނބުރާ ސައުދީއަށް ގޮސްފި ނަމަ، އާއިލާގެ މީހުން އޭނަ މަރާލާނެކަމަށެވެ. އަދި ރަހަފްގެ ބައްޕައާއި ބޭބެ ރަހަފްއާއި ބައްދަލުކުރަން ތައިލެންޑަށް ދަތުރުކުރުމުން، އެ މީހުންނާއި ބައްދަލުކުރުމަށް ވެސް އޭނާ ވަނީ ދެކޮޅުހަދާފައިއެވެ.

ރަހަފްގެ މައްސަލައަށް ސަމާލުކަން ހޯދަން ބޭނުންކުރި ޓްވިޓަރ އެކައުންޓް، މަރުގެ އިންޒާރުތައް ލިބެމުން ދިޔުމާއި ގުޅިގެން އޭނާ ވަނީ ވަގުތީ ގޮތުން ބޭނުންކުރުން ހުއްޓާލާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދީން

2 މަސް ކުރިން

ދިން ދޫކޮއްލި ވާހަކަ ކީއްވެބާ ނޫހުގަ ނުޖަހަނީ؟ އެވާހަކަ ތިކުދިންނަށް މުހިންމެެއް ނޫން ދޯ؟

1
0