19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ޖަމާލް ޙަޝޯގްޖީގެ ގަތުލު

ކުރީގެ އެޑްވައިޒަރު އަލް-ގަހްތާނީއާއި ވަލީއަހުދު މުހައްމަދު އަދިވެސް މުއާމަލާތް ކުރޭ: ރިޕޯޓް

  • ސިއްރު މަސްދަރުތަކަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ވަލީއަހުދު ސަލްމާން އަދިވެސް އަލް-ގަހްތާނީއާއި އެކު އެކި ކަންކަމުގައި މަޝްވަރާ ކުރައްވާ ކަމަށް
އަމަން ހަލީމް | soupized

| 12 ޖެނުއަރީ 2019 | ހޮނިހިރު 09:11 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ވަލީއަހުދު މުހައްމަދު ބިން ސަލްމާން -- ރޮއިޓަރސް

ސައުދީ ނޫސްވެރިޔާ ޖަމާލް ޙަޝޯގީގެ މަރުގެ މޭސްތިރި ކަމަށް ތުހުމަތު ކުރެވޭ، ކުރީގެ އެޑްވައިޒަރު ސައުދް އަލް-ގަހްތާނީއާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން މުއާމަލާތް ކުރާކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.

އެމެރިކާއާއި ސައުދީގެ ސިއްރު މަސްދަރުތަކަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ވަލީއަހުދު މުހައްމަދު އަދިވެސް އަލް-ގަހްތާނީއާއި އެކު އެކި ކަންކަމުގައި މަޝްވަރާ ކުރައްވާ ކަމަށެވެ. ވަލީއަހުދުއާ މި ފަހުން ބައްދަލުކުރި އެމެރިކާގެ މީހަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އަލް-ގަހްތާނީ އަތުގައި މުހިއްމު ލިޔެކިޔުންތައް އެބަހުރި ކަމަށާއި، އޭނާ ކުއްލިއަކަށް އެކަހެރިކޮށްލި ކަމަށް ގަބޫލުކުރުމަކީ، ވާނެ ކަމެއް ނޫން ކަމަށެވެ.

އެ ނޫހަށް މައުލޫމާތު ދިން ސައުދީ މަސްދަރުން ވެސް ވަނީ މިކަން ޔަގީންކޮށްދީފައެވެ. އެ މަސްދަރުން ބުނެފައިވަނީ މަގާމުން ވަކިކުރެވުނު އިރު، އަލް-ގަހްތާނީ ކުރަމުން ދިޔަ މަސައްކަތްތައް ނިންމުމަށް ނުވަތަ ހަވާލުކުރަން އޭނާ ޖެހޭނެ ކަމަށެވެ.

އަލް-ގަހްތާނީއާއި ބެހޭގޮތުން އެއްމެ ފަހުން ރަސްމީ ފަރާތަކުން ބަހެއް ބުނެފައިވަނީ، ހަޝޯގީގެ މައްސަލައިގައި އޭނާގެ ތަހުގީގު ކުރަމުންދާ ކަމަށާއި ގައުމުން ބޭރުވުން އޭނާއަށް މަނާކުރެވިފައިވާ ކަމަށް، ރުނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޙަޝޯގީގެ މައްސަލައާއި ގުޅިގެން އަލް-ގަހްތާނީ މަގާމުން ދުރުކުރެވުނު އިރު، ތުރުކީން ބުނެފައިވަނީ ޙަޝޯގީ ސައުދީއަށް އަނބުރާ ދާން އެއްބަސްނުވެއްޖެ ހާލަތެއްގައި އޭނާ މަރާލަން އޯޑަރު ދިނީ އަލް-ގަހްތާނީ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޙަޝޯގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސުލެޓްގެ ތެރޭގައިއެވެ. އެތައް ދުވަހެއް ވަންދެން ސައުދީއިން އޭނާއަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނުމަށް ފަހު ވަނީ، އެ ގައުމުގެ ރައްޔިތުންތަކެއް ވެގެން ޙަޝޯގީ މަރާލިކަމަށް އެއްބަސްވެފައެވެ. މި މައްސަލައިގައި ޝާމިލްވީ ކަމަށް ބުނާ ފަރާތްތަކަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ސައުދީ ޕްރޮސިކިއުޓަރު ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް