21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ސޫދާންގެ މުޒާޙަރާ

ސޫދާންގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ކަރުނަ ގޭސް ޖަހައިފި

  • މި މުޒާހަރާތަކަކީ، އެ ގައުމުގެ ސަރުކާރުން ޕާނުގެ އަގު ތިން ގުނަ ބޮޑުކުރަން ނިންމުމާއި ގުޅިގެން ފެށުނު މުޒާހަރާތަކެއް
އަމަން ހަލީމް | soupized

| 12 ޖެނުއަރީ 2019 | ހޮނިހިރު 09:06 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ސޫދާންގެ މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ކަރުނަ ގޭސް ޖަހަނީ -- އަނަދޮލޫ

ސޫދާންގެ ރައީސް އުމަރު އަލް-ބަޝީރްއާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވެ، މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ޖަހައިފިއެވެ.

އެ ގައުމުގެ ވެރިރަށް ކަރްތޫމްގައާއި އޮމްދުރްމަންގައި ކުރިޔަށް ދިޔަ މުޒާހަރާތަކުގެ ބައިވެރިންވަނީ އަލް-ބަޝީރްގެ އިސްތިއުފާއަށް ގޮވާލާފައެވެ. މުޒާހަރާތަކުގެ ބައިވެރިން ހިނގަމުން ދިޔައީ "މިނިވަންކަން، ސުލްހަ އަދި އިންސާފު" މިހެން ގޮވަމުންނެވެ.

ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ކުރަން ފެށި މުޒާހަރާތަކަކީ، އެ ގައުމުގެ ސަރުކާރުން ޕާނުގެ އަގު ތިން ގުނަ ބޮޑުކުރަން ނިންމުމާއި ގުޅިގެން ފެށުނު މުޒާހަރާތަކެކެވެ. ނަމަވެސް މުޒާހަރާތަކުގެ ބައިވެރިން ގިނަވެ، ތިރީސް އަހަރު ވެފައިވާ އަލް-ބަޝީރުގެ ވެރިކަން ނިމުމަކަށް އައިސްދާނެ ކަމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.

މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ، ސޫދާނީޒް ޕްރޮފެޝަނަލްސް އެސޯސިއޭޝަންއިން ބުނެފައިވަނީ ކުރިޔަށް އޮތް ހަފުތާގައި ވެސް ސޫދާނުގެ ހުރިހާ އަވަށެއްގައި ވެސް މުޒާހަރާ ކުރިޔަށް ދާނެ ކަމަށެވެ.

މިހާތަނަށް މި މުޒާހަރާތަކާއި ގުޅިގެން 40 މީހެއްގެ ފުރާނަ ގެއްލިފައިވާ އިރު، ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވަނީ މީގެ ތެރޭގައި ކުޑަކުދިންނާއި ސިއްހީ ދާއިރާގެ މުވައްޒިފުން ހިމެނޭކަމަށެވެ.

މުޒާހަރާތަކުގެ ބައިވެރިން އަލް-ބަޝީރު އިސްތިއުފާ ދެއްވަން ގޮވާލެއްވި ނަމަވެސް، އޭނާ ބުނެފައިވަނީ 2020 ވަނަ އަހރުގެ ރިޔާސީ އިންތިހާބުގެ ކުރިން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ އަލް-ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނެސްފައި ނޫނީ ހުއްޓާނުލާނެ ކަމުގެ އިންޒާރު ދީފައެވެ.

މި މުޒާހަރާތައް ފެށުނު ފަހުން 1000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ އިރު، ސަލާމަތީ ބާރުތަކުން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކުރާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނައީ އިދިކޮޅު ލީޑަރުންނާއި، އެކްޓިވިސްޓުންނާއި ނޫސްވެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް