19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ޝޭހް އިމްރާން

އިމްރާން އަށް ލިބިފައިވާ ފްލެޓަކީ އަނބިކަބަލުންގެ ބައްޕަ ގަނެދިން ފްލެޓެއް: ޑރ. އިޔާޒު

  • ފްލެޓް ގަނެދިނީ އަނބިކަބަލުންގެ ބައްޕަ، ސާބިތު ކުރެވޭނެ
އަލީ ސަމާޚް | AliSamah8

| 11 ޖެނުއަރީ 2019 | ހުކުރު 22:40 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް -- ފޭސްބުކް

ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ އަށް ލިބިފައިވާ ފްލެޓަކީ އިމްރާންގެ އަނބިކަބަލުންގެ ބައްޕަ ގަނެދިން ފްލެޓެއް ކަމަށް މަޝްހޫރު ދީނި އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވަޒީރުންގެ މާލީ ބަޔާންތައް ބުރާސްފަތި ދުވަހުގެރޭ ރައީސް އޮފީހުން އާންމުކޮށްފައިވާއިރު، ހޯމް މިނިސްޓަރ ޝެިއހް އިމްރާންގެ މިލްކިއްޔާތުގައި 2.5 މިލިއަނަށް ބައްލަވައިގެންނެވި ފްލެޓެއްވެއެވެ. 

އަމީން އެވެނިއު އިން ބައްލަވައިގެންނެވި އެ ފްލެޓާއި ގުޅޭގޮތުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ އެމްޓީޑީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފަތުރަމުންގެންދާތީވެ، ޓުވީޓަކަށް ރައްދުދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ އެ ފްލެޓަކީ އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމްގެ ބައްޕަ އޭނާގެ ކޮންމެ ދަރިޔަކަށް ގަނެދިން ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ކަމަށެވެ. 

ޑރ. އިޔާޒް ވިދާޅުވީ، އެކަން އިތުރަށް ސާބިތު ކުރަން ބޭނުންވާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން އެކަން ބެލިޔަސް ހަގީގަތް ހާމަވާނެ ކަމަށެވެ. 

އަދީބްގެ އެމްޓީޑީގެ އެކްޓިވިސްޓުން، ޝެއިހް އިމްރާނަށް ފާޑުކިޔުންތައް އަމާޒުކުރަމުންގެންދަނީ، އަދީބް ޖަލަށް ގެންދިޔަ މައްސަލާގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮސް ނުގޮވާ

2 މަސް ކުރިން

އިމްނާ ކުޑޭ އެހެރީ މަޖީދިއްޔާ ސުކޫލް ކާރީގަ ހުރި މިސްކިތްވެސް އަޅާފަ، ތިކަހަލަ ފުލެޓެއް ގަނެފަ ކުޑޭގެ އަންހެންދަރިފުޅުގެ ފިރިކަލުން އިމްރާނައް ދިނުމަކީ މެޓައެއްނު! ފިތުނަ އުފެއްދިޔަސް ބޮޑުވަރު

6
0