19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ހުޅުމާލެ ހޮސްޕިޓަލު

ދޭނެ ފަރުވާއެއް ނެތް ކަމަށް ބުނެ އުމުރުން ދުވަސްވީ މީހަކު، ގެޔަށް ފޮނުވާލަނީ

  • އައިޖީއެމްއެޗްގައި ބެޑެއް ނެތް ކަމަށް ބުނެ އެޑްމިޓް ނުކޮށްދިން
  • ހުޅުމާލެ ހޮސްޕިޓަލުން ދެފަހަރެއްގެ މަތިން ދޫކޮށްލައިފި
  • 71 އަހަރުގެ އެމީހާގެ ހާލު ސީރިއަސް
އަމްނާ އިމާދު | @amnabinthimad

| 11 ޖެނުއަރީ 2019 | ހުކުރު 22:14 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ހުޅުމާލެ ހޮސްޕިޓަލް -- ފޮޓޯ: މުހައްމަދު ފަޒީން

ދޭނެ ފަރުވާއެއް ނެތްކަމަށް ބުނެ، އުމުރުން ދުވަސްވީ މީހަކު ހޮސްޕިޓަލުގައި ނުބޭއްވޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ. 

ދޭނެ ފަރުވާއެއް ނެތްކަމަށް ބުނެ، އެނދުމަތި ކުރުމަށް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ވެސް ވަނީ ދެކޮޅު ހަދާފައެވެ. އެ ދެ ހޮސްޕިޓަލުން ދެކޮޅު ހަދާފައި ތ. ވޭމަންޑޫ 77 އަހަރުގެ ހައްވާ މުހައްމަދެވެ. އޭނާގެ އަށް ދަރިން އެބަތިއްބެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އެ އަންހެން މީހާގެ މާމަ ދަރިއަކު ބުނީ މާމައަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ހިތުގައި އޮޕަރޭޝަނެއް ކުރުމަށްފަހު، ތިން މަސް ވަންދެން އައިސީޔޫގައި ފަރުވާ ދިން ކަމަށެވެ. އިންޑިއާގައި ތިބުމަކީ އާއިލާއަށް އުނދަގޫވާ ކަމަކަށް ވާތީ ރާއްޖެ ގެނެސް، އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފައިވެއެވެ. އޭޑީކޭގެ އައިސީޔޫގައި ބޭއްވުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވާތީ އައިޖީއެމްއެޗްގެ އައިސީޔޫއަށް ބަދަލު ކުރަން އާއިލާއިން މަސައްކަތް ކުރިއެވެ.

"އޭޑިކޭގަ ދުވާލަކަށް 23،000 އާއި 30،000 ރުފިޔާ ދެމެދު ގާތްގަނޑަކަށް އަރާ. ވަރަށް ބޮޑު ހަރަދަކަށްވާތީ އައިޖީއެމްއެޗް އައިސީޔޫއަށް ބަދަލު ކުރަން އާއިލާއިން ނިންމީ،" އެމީހާ ބުންޏެވެ. 

އާއިލާއިން ބުނީ އައިޖީއެމްއެޗަށް ދުވަސްވިމީހާ ގެންދިޔުމުން ހޮސްޕިޓަލުގައި އެނދެއް ނެތް ކަމަށް ބުނެ އެޑްމިޓް ކޮށްދިނުމަށް ހޮސްޕިޓަލުން ދެކޮޅު ހެދި ކަމަށެވެ. އަދި ހޮސްޕިޓަލުގެ ވޯޑެއްގައި ވެސް މާމަ އެޑްމިޓް ނުކޮށްދިން ކަމަށެވެ.

އައިޖީއެމްއެޗްގެ ނަރުހަކާ ހަވާލާދީ އާއިލާއިން ބުނީ ދުވަސްވީ މީހާއަށް ދޭނެ ފަރުވާއެއް ނެތް ކަމަށް ބުނި ކަމަށާއި، ގެއަށް ނުގެންދާނަމަ، ޖެންޑަރ މިނިސްޓްރީއާ ހަވާލު ކުރާނެކަން އެންގި ކަމަށެވެ. އަދި އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ހޮސްޕިޓަލުން ދެކޮޅު ހެދުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އާއިލާން ބުންޏެވެ. ނަމަވެސް މިހާރު އެ ހޮސްޕިޓަލުން ވެސް ދެފަހަރެއްގެ މަތިން ޑިސްޖާޖްކޮށްލައިފި ކަމަށާއި، ދުވަސްވީމީހާގެ ހާލު ވަރަށް ދެރަ ކަމަށް ވެސް އޭނާ ބުންޏެވެ.

ދުވަސްވީމީހާގެ ހާލަތާއި ބެހޭ ގޮތުން އާއިލާއިން ބުނީ ފުއްޕާމޭ ރަނގަޅަށް މަސައްކަތް ނުކުރާތީ މެއަށް ހޮޅިއެއް ލައްވާފައިވާ ކަމަށާއި، ހިތުގެ އެއްވޭލް ބަދަލުކޮށްފައިވާ ކަމަށެވެ. ހިތުގެ ބޮޑު އޮޕްރޭޝަނެއްކޮށްފައިވާއިރު، ދުވަސްވިމީހާއަށް އޮކްސިޖަން ވެސް ރަނގަޅަށް ނުލިބޭ ކަމަށެވެ. 

"މާމަގެ ހާލު ވަރަށް ދެރަ. އެއްވެސް ހަރަކާތެއް އަސްލު ނެތް. މިރޭ ވެސް ދުނިޔާގަ އޮންނާނެ ކަމެއް ނޭނގެ. އެހާލުގަ ވެސް ފަރުވާ އެއް ނުދީ މިބުނަނީ ގެއަށް ގެންދާށޭ. އަޅުގަނޑުމެން ނުގެންދިޔާމަ އެއްވެސް ފަރުވާ އެއް ނުދީ ވޯޑްގަ ބާއްވާފަ" އެމީހާ ބުންޏެވެ. 

ދުވަސްވީމީހާގެ ހާލު ދަށްވަމުންދާއިރު، އިތުރުފަރުވާ ނުދީ ގެއަށް ގެންދަން ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އައިލާއިން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާޝިޔާ ޞާލިހު ވިދާޅުވީ މުސްކުޅި ބަލި މީހަކަށްވުމުން ދޭނެ އިތުރުފަރުވާއެއް ނެތީމަ ޑިސްޖާޖްކުރީ ކަމަށެވެ. މިއުސޫލަކީ ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލުކަމަށް އާޝިޔާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް