20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

މާލީ ބަޔާން ހުށައެޅުން

މީ ފެށުމެއް، ކުރިމަގުގައި މާލީ ބަޔާންތައް އިތުރަށް ފުރިހަމަވާނެ: ތަރުޖަމާނު

  • މީ ރާއްޖޭގެ ތާރީހުގައި ރައީސާއި އެމަނިކުފާނުގެ ނައިބު އަދި ކެބިނެޓުން މާލީ ބަޔާން އާއްމުކުރި ފުރަތަމަ ފަހަރު
އާމިނަތު ނުޒުހާ | nuzu8121

| 11 ޖެނުއަރީ 2019 | ހުކުރު 19:43 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ރައީސް ސޯލިހުގެ ކެބިނެޓް -- ރައީސް އޮފީސް

މީ ފެށުމެއްކަމަށާއި، ކުރިމަގުގައި މާލީ ބަޔާންތައް އިތުރަށް ފުރިހަމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބުރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސާއި ނައިބު ރައީސް އަދި ކެބިނެޓް މިނިސްޓަރުން އެބޭފުޅުންގެ މަލީ ބަޔާންތައް ބުރާސްފަތި ދުވަހުގެ ރޭ އާއްމުކުރުމުން ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިއެވެ. މީ ރާއްޖޭގެ ތާރީހުގައި ރައީސާއި އެމަނިކުފާނުގެ ނައިބު އަދި ކެބިނެޓުން މާލީ ބަޔާން އާއްމުކުރި ފުރަތަމަ ފަހަރު ވެސްމެއެވެ.

ގިނަ ބަޔަކު މިކަމަށް މަރުހަބާކީ ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއަށްވުރެ ރަނގަޅަށް އެކަން ކުރެވުނީސްކަމަށެވެ. އެގޮތުން ސިޔާސީ ފަރާތްތަކުގެ މަލީ ބަޔާންތައް އާއްމުކުރުމަށް އެންމެބޮޑަށް ވަކާލާތުކޮށް ބާރު އަޅަމުންދާ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު ވިދާޅުވީ، މީ ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ. އެހެންނަމަވެސް މިއަށްވުރެ އިތުރަށް އެކަން ފުރިހަމަ ކުރުމަށް ދައުލަތުގެ ހަރުދަނާ އިދާރާއަކުން ސައްހަ އެއްޗެއްތޯ ކަށަވަރުކޮށްދިނުމާއި އެކު، އަނބިދަރިންނާއި ސީދާ އާއިލާގެ މާލިއްޔަތު ހާމަކޮށް މިހާރު އާއްމުކޮށްފައިވާ މައުލޫމާތު އިތުރަށް ތަފްސީލްކޮށްލުމުން މާލީ ބަޔާން ވަރަށް ބޮޑަށް ފުރިހަަމަ ވާނެކަަށެވެ.

ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި ދައުލަތުގެ އިސްވެރިން ނަމޫނާ ދެއްކެވިއިރު، ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މާލީ ބަޔާން އާއްމުކުރެއްވުމަށް އައިމަން ބާރު އެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހޫދު ވިދާޅުވިގޮތުގައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން މާލީ ބަޔާނުގެ ކަންކަން ކުރިއަށް އޮތްތަނުގައި ގެންދަވާނެއެވެ. މާލީ ބަޔާނުގެ ސައްހަ ކަމާ ގުޅޭގޮތުން ހޫދު ވިދާޅުވީ، އެއީ އެ ބޭފުޅެއްގެ ސޮޔާއި އިނގިލީގެ ނިޝާން ޖަހާފައިވާ ފޯމެއްގައި ހިމެނޭ މައުލޫމާތުތައް ކަމަށެވެ. މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ އެ ފޯމުތައް މެދުވެރިކޮށް އެ ކަންކަން ބެލޭނެ ކަމަށް ވިދާޅުވި އެވެ.

"ތެދު ދޮގު ބެލޭނެ ގޮތަށް ހުރީ. މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ ފޯމު ރިފަރެންސަކަށް ބަލައި، އެ މައްސަލަތައް ބެލޭނެ. ކޮންމެ ބޭފުޅަކު ވެސް ދެއްވީ ސައްހަ މައުލޫމާތު ކަމަށް ސޮއިކޮށް ފިންގަޕްރިންޓް ޖަހާފައިވޭ ފޯމުގައި،" ހޫދު ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތުގައި، ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރުން އަދި ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކުރީ ބުރާސްފަތި ދުވަހުގެރެއެވެ.

ސަރުކާރުގެ އިސްވެރިންނާއި އެމީހުންގެ އަނބީންނާއި ފިރިން ހިމެނޭގޮތަށް މާލީ ބަޔާން އާއްމުކުރުމަކީ ރައީސް ސާލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިސް ހިމެނޭކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

1 ހަފްތާކުރިން

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ އިންތިގާލީ ރައީސް އަހުމަދު އަދީބު ހޮސްޕިޓަލްގައި އޮންނަވަނިކޮށް އަނބުރާ ޖަލަށް ގެންދިއުމަށް މަސައްކަތްކުރަމުންދާތީ އެމްޓީޑީއިން ކުއްލި ކައުންސިލް ބައްދަލުވުމެއް އައިޖީއެމްއެޗް ގައި ބާއްވައިފިއެވެ.

0
0
މީ ފެށުމެއް

1 ހަފްތާކުރިން

ރައީސް ޔާމީނު ބޮލުގަ އަޅުވާފަ އަވަހައް ރެކެންވީ؟

0
0