19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓް

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

  • ފްލެޓްތައް ވިއްކަން ފެށުމުގެ ރަސްމިއްޔާތު ބާއްވަނީ ޖެނުއަރީ 13 ވަނަ ދުވަހު
  • ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރާ 15 ފަންގިފިލާގެ މި ކޮންޑަމީނިއަމްގައި 22 ވައްތަރެއްގެ ފްލެޓް ހިމެނޭ
ސިމާހާ ނަސީމް | sim_kamana

| 11 ޖެނުއަރީ 2019 | ހުކުރު 19:09 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް -- ރާއްޖެއެމްވީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޟްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރުމަށް ލަކީހިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވާ 281 ހައުސިން ޔުނިޓްގެ ލަކީހިޔާ ކޮންޑަމީނިއަމްގެ ހައުސިން ޔުނިޓްތައް އާދީއްތަ ދުވަހު ވިއްކަން ފެށުމަށް ނިންމައިފިއެވެ.

މި މަޝްރޫއު އިފްތިތާހުކުރުމާއި ފްލެޓްތައް ވިއްކަން ފެށުމުގެ ރަސްމިއްޔާތު ބާއްވަނީ ޖެނުއަރީ 13، 2019 ވަނަ ދުވަހު މާބަލް ހޮޓެލްގައެވެ. އެ ދުވަހުގެ ހެނދުނު ބާއްވާ ހާއްސަ ހަފުލާއަށް ފަހު، ޖެނުއަރީ 13 ވަނަ ދުވަހާއި ޖެނުއަރީ 14 ވަނަ ދުވަހު ފްލެޓަށް ބުކިން ހެއްދުން ވެސް މާބުލް ހޮޓެލްގައި ކުރިއަށް ގެންދާނެކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރާ 15 ފަންގިފިލާގެ މި ކޮންޑަމީނިއަމްގައި 22 ވައްތަރެއްގެ ފްލެޓް ހިމެނެއެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ އެޕާޓްމެންޓުން ފެށިގެން ތިން ކޮޓަރީގެ އެޕާޓްމެންޓް އަދި ޕެންޓް ހައުސް ވެސް ހިމެނެއެވެ. ފްލެޓްތަކުގެ އަގުތައް އުޅެނީ 1 މިލިއަން ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ދެމެދުއެވެ.

"އަޅުގަނޑުމެން ވަކި އަދަދެއްގެ ފްލެޓް ވިއްކާނަން 20 ޕަސެންޓް ޑިސްކައުންޓްގައި. މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އަދި އެ ފްލެޓްތައް ވެގެން ދާނީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ލިބޭ ސެމީ ލަގްޒަރީ އަދި ލަގްޒަރީ ފްލެޓްތަކަށް،" ލަކީހިޔާ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ހަސަން ވަހީދު ވިދާޅުވިއެވެ.

ފްލެޓްތައް ގަތުމަށްޓަކައި ބުކިން ފީގެ ގޮތުގައި ދައްކަން ޖެހެނީ 50،000 ރުފިޔާއެވެ. ފްލެޓްތައް ބުކްކުރުމަށް ފަހު އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރެވޭނެއެވެ. މި ފްލެޓްތައް ބޭންކްތަކާއި ލީސިން ކުންފުނިތައް މެދުވެރިކޮށް ވެސް ގަނެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގަނީބެ

2 މަސް ކުރިން

ސީލައިފް ގެ މައްސަލަގައި މިހާރު މީހުން ތިބީ ތިގޮތަށް ބުކިންފީއަށް ލާރިދައްކަން ޔަގީން ކަން ނެތިފައި އެހެންވުމުން ތިފަރާތުންދޭނެ ޔަގީންކަމަކީ ކޮބާ

7
1
ޫޔިތު

2 މަސް ކުރިން

Bohiyaavahikan.ainufora agaka..vakibayaku mussadhivaantha bindheegen flat alhanee.sarukaara kunfunin koachedhenee

0
0