20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އުސްގެކޮޅު

އުސްގެކޮޅުގެ އެގްރީމަންޓް ބާތިލްކުރުމަށް ހައުސިންގް މިނިސްޓްރީގެ ފަރާތުން އެދިއްޖެ

  • ކުއްޔަށް ދީފައިވަނީ އިއުލާން ކުރުމެއްނެތި 12 އަހަރަށް
  • މަހު ކުއްޔަކީ 20،000 ރުފިޔާ
ސިމާހާ ނަސީމް | sim_kamana

| 11 ޖެނުއަރީ 2019 | ހުކުރު 18:52 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އުސްގެކޮޅުގެ ކުރީގެ ފޮޓޯއެއް -- ޓްވިޓަރ

މާލޭގައި ހުރި އެންމެ ތާރީޚީ އަދި އާސާރީ އެއް އިމާރާތްކަމުގައިވާ އުސްގެކޮޅު، ކެފޭ ހިންގާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުން ބާތިލުކުރަން ބޭނުންފުޅުވާ ކަމަށް ހައުސިންގް މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރަސްރަސްކަލުން ދިރިއުޅުއްވި އެ ގަނޑުވަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީން އަމިއްލަ ބަޔަކަށް ކުއްޔަށް ދީފައިވާކަން ހާމަވީ ވެރިކަން ބަދަލުވި ފަހުންނެވެ. ތިން ސަތޭހަ އަށް ވުރެ ގިނަ އަހަރު ވެފައިވާ އުސްގެކޮޅުގެ އެއްބަސްވުން ބާތިލުކުރުމަށް ހައުސިންގް މިނިސްޓްރީން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުއްވާފައިވާއިރު، އެ އިމާރާތް ހެރިޓޭޖް މިނިސްޓްރީއަށް ބަދަލުކޮށް ދިނުމަށް އެދި ހެރިޓޭޖް މިނިސްޓްރީން ރައީސް އޮފީހަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ހައުސިންގް މިނިސްޓަރު އާތިފާ ވިދާޅުވީ އަމިއްލަ ކުންފުންޏަކަށް އުސްގެކޮޅު ކުއްޔަށް ދީފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދު އަލުން ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދުގައި ހުރި ކެފޭއަކަށް ބަދަލުގެ ގޮތުގައެވެ. އުސްގެކޮޅު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ ޗިލްޑްރެން ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ކަމަށް އާތިފާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން އެޑްވާންސްއަށް އެއްވެސް ފައިސާއެއް ނުނަގައި އުސްގެކޮޅު ކުއްޔަށް ދީފައިވާއިރު، މަހު ކުއްޔަކީ 20،000 ރުފިޔާއެވެ.

ކުރީގެ ރަސްރަސްކަލުން ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރި އުސްގެކޮޅަކީ އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ (ހާޖީ އިމާދުއްދީން) ރަސްކަމުގައި ބިނާކުރެވުނު ގެކޮޅެކެވެ. މިގަނޑުވަރު ބިނާކުރެއްވީ އިމާދުއްދީން ރަދުން ނަމަވެސް އެ ގަނޑުވަރު ފުރަތަމަ ބޭނުންފުޅު ކުރެއްވީ ޝަމްސުއްދީން ރަދުންނެވެ.

އެންމެ ފަހުން އުސްގެކޮޅު ބޭނުން ކުރެވުނީ ދާރުލްއާސާރުގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް