19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

އެޑިޔުކޭޝަން މިނިސްޓްރީ

ހުރަވީ ސްކޫލު ގައި އާދިއްތަ ދުވަހު ކިޔަވައިދޭން ފަށާނެ: މިނިސްޓަރ

 • މިއަހަރު އެސްކޫލުގައި ކިޔަވައިދޭނީ އެއްދަންފަޅިއަށް
 • ކިޔަވައިދޭނީ ގްރޭޑް 1-9 އަދި 11 އަށް
 • ދައުލަތުގެ ބަޖެޓުން 132 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި
އަމްނާ އިމާދު | @amnabinthimad

| 11 ޖެނުއަރީ 2019 | ހުކުރު 17:05 | |

މަގުބޫލް

 1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
 2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
 3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
 4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
 5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
 6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
 7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
 8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ހުރަވީ ސްކޫލު ނައިބް ރައީސްއާ، އެޑިޔުކޭޝަން މިނިސްޓަރު ބައްލަވާލައްވަނީ -- ރައީސް އޮފީސް

ހުޅުމާލޭގައި އަޅާފައިވާ ރާއްޖޭގެ އެންމެ ބޮޑު ''ހުރަވީ ސްކޫލް'' އާދިއްތަ ދުވަހު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. 

އެޑިޔުކޭޝަން މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ވިދާޅުވީ މިއަހަރުގެ ދިރާސީ އާ އަހަރާއެކު ހުރަވީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށާއި، ސްކޫލުގައި ކިޔަވައިދިނުން ފެށުމަށްވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. 

މިނިސްޓަރު އައިޝަތު ވިދާޅުވީ ހުރަވީ ސްކޫލުގައި ކިޔަވައިދޭނީ އެއްދަންފަޅިއަކަށް ކަމަށާއި، މިސަރުކާރުގެ ތައުލީމީ ސިޔަސަތާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށެވެ. 

ހުޅުމާލޭގައި އެންމެ ކުރިން އާބާދުވި ސަރަހައްދު (ނެއިބަހުޑް 1) ގައި ހަދާފައިވާ ހުރަވީ ސްކޫލަކީ އަމިން ކޮންސްޓްރަކްޝަން ހަވާލުކޮށްގެން ހަދާފައިވާ ތަނެކެވެ. މިސްކޫލަށް ދައުލަތުގެ ބަޖެޓުން 132 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެެ.

މިއަހަރު އެސްކޫލުގައި ކިޔަވައިދޭނީ ގްރޭޑް 1-9 އަދި 11 އަށެވެ. އަންނަ އަހަރުން ފެށިގެން ގްރޭޑް 10 އަދި 12 ގައި ވެސް ކިޔަވައިދޭން ފަށާނެ ކަމަށް މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. 

ލިޓްލް ޖެމްސް ޕްރީ ސްކޫލު ކައިރީގައި ހަތް ބުރި އަށް އިމާރާތްކުރި ސްކޫލުން ގާތްގަނޑަކަށް 1700 އެއްހާ ދަރިވަރުންނަށް ޖާގަ ލިބޭނެ އެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމަ އަށް ކިޔަވައިދޭ ސްކޫލުގައި ތިން ބްލޮކް ހަދާ އިރު 53 ކްލާސްރޫމް ހުންނާނެ އެވެ. އެ ތަނުން ދެ ކްލާސްރޫމް ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް