19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ފަނޑިޔާރުންގެ ނަޒާހަތްތެރިކަން

ތަހުޤީޤު ކުރަން ނިންމީތީ މަރުހަބާ، އެހީތެރިވާނަން: ސުއޫދު

 • ކޯޓުތަކަށް ގޭންގުތަކުގެ ނުފޫޒު އޮތް ކަމަށް ސުއޫދު ވިދާޅުވެފައިވޭ
 • އެ ތުހުމަތުތައް ތަހުގީގު ކުރަން ޖޭއެސްސީން ވަނީ ކޮމެޓީއެއް އުފައްދާފައި
 • އެ ކޮމެޓީގެ ރައީސަކީ ބަންޑާރަ ނައިބު ރިއްފަތު
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 11 ޖެނުއަރީ 2019 | ހުކުރު 02:00 | |

މަގުބޫލް

 1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
 2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
 3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
 4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
 5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
 6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
 7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
 8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް ހުސްނުއްސުއޫދު -- ރައީސް އޮފީސް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކިއެކި ކުށްތަކަށް އަރައިގަންނަމުންދާ ގޭންގުތަކާއި، ޝަރުއީ ދާއިރާގައި ތިއްބެވި ފަނޑިޔާރުންނާއި ގުޅުން އޮންނަ ކަމަށް ކުރެވޭ ތުހުމަތު ތަހުޤީޤު ކުރުމަށް ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ނިންމެވި ނިންމުމަށް މަރުހަބާ ދަންނަވައި، އެ ތަހުޤީޤަށް އެހީތެރިކަން ދެއްވާނެ ކަމަށް އަލްއުސްތާޛް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވީ، ގޭންގުތަކާ ކޯޓުތަކާ ގުޅުން އޮތްތޯ ބެލުމަށްޓަކައި ހުޅުވާލެވިފައިވާ ތަހުޤީޤެއް ހިންގުމަށް ޖޭއެސްސީން ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ މިފަދަ ފިޔަވަޅުތައް އަޅައިގެން ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، ގޭންގުތަކާ ކޯޓުތަކާ ގުޅުން އޮތްތޯ ބެލުމަށްޓަކައި ހިންގާ ތަހުޤީޤަށް އެމަނިކުފާނުގެ އެހީތެރިކަން ދެއްވާނެ ކަމަށެވެ.

ޖޭއެސްސީން މި ތުހުމަތުތައް ތަހުޤީޤު ކުރުމަށް ނިންމައި އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތް ފަށާފައިވަނީ ދާދިފަހުން މީޑިއާ އާއި ބައްދަލުކުރައްވައި ސުއޫދު ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން ފަނޑިޔާރުން އައްޔަނު ކުރުމުގައި ގޭންގުތަކުގެ ނުފޫޒު އޮތްކަމަށް ސުއޫދު ވަނީ ތުހުމަތު ކުރައްވާފައެވެ.

މި މައްސަލަ ތަހުޤީޤު ކުރުމަށް ޖޭއެސްސީއިން އެކުލަވާލި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތުހުމަތާއި ގުޅޭ މަޢުލޫމާތު ސުއޫދާއި ތަހުޤީޤީ އިދާރާތަކުން ހޯދުމާއި، މި ތަހުޤީޤު އަވަސް ދުވެލީގައި ކުރިއަށްގެންދިއުމުގެ އިތުރުން މި ކަމާއި ގުޅޭ މަޢުލޫމާތު ހާމަކުރަމުން ގެންދިއުންވެސް ހިމެނެއެވެ. މި ކޮމިޓީގައި ހިމެނޭ ބޭފުޅުން ޖޭއެސްސީއިން ހާމަކޮށްފައި ނުވި ނަމަވެސް، މި ކޮމިޓީގެ ރައީސްއަކަށް، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ އައްޔަން ކޮށްފައެވެ.

ޖޭއެސްސީއިން އެކުލަވާލި ކޮމިޓީއަށް އެހީތެރިވެދެއްވާނެ ކަމަށް ސުއޫދު ވިދާޅުވިއިރު، މި ތުހުމަތާ ގުޅިގެން ސުޕްރީމް ކޯޓާއި މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ސުއޫދު ވަނީ ކުރިން ދެކޮޅު ހައްދަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް