21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އަހުމަދު އަދީބް

އަދީބް ޑިސްޗާޖްކުރީ ކަރެކްޝަނަށް ނޭނގި، ފަރުވާ އާއި މެދު ޝައްކު އުފެދޭ: އާއިލާ

  • ރޭ 11:20 ހާއިރު، އަދީބް ވަނީ އަލުން އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 11 ޖެނުއަރީ 2019 | ހުކުރު 01:01 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް އައިޖީއެމް ހޮސްޕިޓަލްގައި -- ޓްވިޓަރ

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް ކުއްލިއަކަށް ޑިސްޗާޖްކުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެކަމާއި ބެހޭ ފަރާތްތަކަށް އެނގުމަކާއި ނުލައި ކަމަށާއި، ކަން ހިނގަމުންދާ ގޮތުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އަދީބަށް ދެމުންދާ ފަރުވާއަކީ ސީދާ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ދެމުންދާ ޑޮކްޓަރީ ފަރުވާއެއް ކަމާއިމެދު ޝައްކު އުފެދޭ ކަމަށް އަދީބްގެ އާއިލާއިން ބުނެފިއެވެ.

އަދީބަށް ދެމުންދާ ފަރުވާ އާއި ގުޅޭގޮތުން އާއިލާގެ ފަރާތުން ބުރާސްފަތި ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 5 ޖެނުއަރީ 2019 ވަނަ ދުވަހުގެރޭ އަދީބްގެ ސިއްހީ ހާލަތު ގޯސްވެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާ ދެމުންދަނިކޮށް، ކުއްލި ގޮތަށް ބުރާސްފަތި ދުވަހުގެރޭ 21:30 ހާއިރު އަދީބަށް ފަރުވާ ދެމުންދާ ޑޮކްޓަރު ވަޑައިގެން އަދީބު ޑިސްޗާރޖުކުރި ކަމަށާއި އިތުރުގޮތެއް ނެތްކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މިކަން ހިނގިއިރު، އަދީބުގެ އަލްޓްރާ ސައުންޑް ޓެސްޓެއް ހެދުމަށްފަހު، ސާރޖަރީއެއް ހަދަން ޖެހޭ ކަމަށް މީގެކުރިން ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"ރޭ ހިނގާދިޔަ ކަންކަމުގެ ތެރޭގައި އާއިލާގެ ފަރާތުން އިންތިހާއަށް ކަންބޮޑުވާ އެތައް ކަމެއް ވަނީ ހިނގާފައެވެ. އެގޮތުން، ޑޮކްޓަރަށް މަޖުބޫރުވެގެން އަދީބު ޑިސްޗާރޖުކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް ޑޮކްޓަރު ވިދާޅުވުމަކީ، އެކަމުގައި އޭނާއަށް މީހަކު ބިރުދެއްކުން ނުވަތަ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މަޖުބޫރުކުރުވުން ނުވަތަ އެހެން ހާލަތެއް މެދުވެރިވެގެން މަޖުބޫރުވުން ކަމަށް ބެލެވެންއޮތް ހިނދު، މިކަމަކީ ތަހުޤީގުކޮށް ބަލާ، ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ނުރައްކާތެރި ކަމެއް ކަމުގައި ދެކެމެވެ."

އަދީބްގެ އާއިލާގެ ބަޔާނުގައި އިތުރަށް ވަނީ، މިކަން ހިނގާދާގޮތް ބެލުމަށް ކުރެވުނު މަސައްކަތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްއާ މުޢާމަލާތްކުރެވުނު ކަމަށެވެ. ނަމަވެސް ކަރެކްޝަންސްގެ ކަމާއިބެހޭ ފަރާތްތަކަށްވެސް މިކަން ހިނގާދިޔަ ގޮތް އެނގިފައި ނުވާކަމަށް އެފަރާތްތަކާއި ހަވާލާދީ އެ ބަޔާނުގައި ވެއެވެ.

"އަދި އަދީބު ޑިސްޗާރޖްކޮށް ޖަލަށް ބަދަލުކުރާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ބޭސްފަރުވާގެ ކަންކަން ފުރިހަމަނުކޮށް ހޮސްޕިޓަލުން އަދީބު ނުނެރުމަށް އަންގާފައިވާނޭ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ. އަދި މިކަމުގެ އެއްވެސް މަޢުލޫމާތެއް ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ވެސް އަދި ޕްރިޒަންސްގެ މެޑިކަލްގައި އަދީބުގެ މައްސަލައިގާ މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކަށް އެނގިފައިނުވާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ."

މިހެން މިކަން ހިނގުމަކީ އިދާރާތަކުގެ މިނިވަންކަމާއި، އަދި އަދީބަށް ދެމުންދާ ފަރުވާ އާއި މެދު ޝައްކު އުފެދޭ ސަބަބެއް ކަމަށްވެސް އާއިލާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ކަރެކްޝަންގެ އިސްވެރިންނަށް ނޭނގި އަދީބު އަނބުރާ ޖަލަށް ގެންދަން މަސައްކަތްކުރުމަކީ އިދާރާތަކުގެ މިނިވަންކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެއްދޭނެ ކަމެއްކަމުގައި ވެސް ފާހަގަކުރަމެވެ. އަދި މިފަދަ ބޮޑުކަމެއް ހިނގާދިޔުމުން، އިންދިރާ ގާންދީ ހޮސްޕިޓަލުގައި އަދީބަށް ދެވެމުންދާ ފަރުވާއަކީ ސީދާ ޑޮކްޓަރުގެ އިރުޝާދުގެ މަތިންދެވެމުންދާ ޑޮކްޓަރީ ފަރުވާއެއް ކަމާމެދު ޝައްކު އުފެދެއެވެ."

އާއިލާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ އަދީބް ޑިސްޗާޖް ކުރިއިރު، އަދީބްގެ ހާލު ރަނގަޅު ނޫން ކަމަށެވެ. އަދި ފަހުން އަދީބް އަލުން އެޑްމިޓް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ކުއްލި ގޮތަކަށް އަދީބު ޑިސްޗާރޖުކުރުމާއެކު އާއިލާއިން ކުރި ޕްރެޝަރާއެކު، ޑޮކްޓަރު އަލުން ވަޑައިގެން ޑޮކްޓަރު ކުރިން ފަރުވާދެމުން ދިޔަ ގޮތަށް ފަރުވާކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. މިރޭ އަދީބު ޑިސްޗާރޖްކުރެވުނުއިރު، އަދީބުގެ ބީޕީ މަތިވުމުގެ އިތުރުން ވަރަށް ގަދައަށް ހުން އައިސްފައިވާކަން ފާހަގަކުރެވެއެވެ. އޭގެ ފަހުން މިރޭ 11:20 ހާއިރު، އަލުން އަދީބު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ."

މި ކަންކަން މިހެން ހިނގުމުން، އަދީބުގެ ބޭސްފަރުވާގެ ކަންކަން ނިމެންދެން އަދީބު އާއިލާގެ ބެލެނިވެރިކަމުގެ ދަށަށް ބަދަލުކޮށްދިނުމަށް ދިވެހި ދައުލަތުގެ އެންމެހާ ފަރާތްތަކަށް އަދީބުގެ އާއިލާއިން ވަނީ ގޮވާލާފައެވެ. އަދި މި ހާދިސާ ފުރިހަމައަށް ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް އަދީބްގެ އާއިލާގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ބުރާސްފަތި ދުވަހުގެރޭ ހިނގާދިޔަ ކަންކަމާއި ގުޅޭގޮތުން ކަރެކްޝަންސްއިން މިހާތަނަށް އެއްޗެއް ބުނެފައި ނުވާއިރު، މި ކަންތައްތަކާއި ގުޅޭގޮތުން އައިޖީއެމް ހޮސްޕިޓަލްގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް