19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

މާރާމާރީ ހިންގުން

ރިސޯޓެއްގައި ހިންގި މާރާމާރީއެއްގައި ލަންކާ މީހަކު މަރާލާއިފި

  • މާރާމާރީ ހިންގީ ލަންކާ ދެ މީހުން
  • ފުލުހުންނަށް ރިޕޯޓް ލިބުނީ 10:00 ޖަހަން އުޅެނިކޮށް
ޙުސައިން ޙަސަން | hucenhassan

| 10 ޖެނުއަރީ 2019 | ބުރާސްފަތި 22:37 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


އދ. އެއްލައިދޫ ރިސޯޓު -- އާކައިވް

އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު މަރާލައިފިއެވެ.

މަރުވެފައި ވަނީ ލަންކާ ފިރިހެނެކެވެ. ފުލުހުން ބުނީ އެ މާރާމާރީގެ ރިޕޯޓް ލިބިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ  9:50 ހާއިރު ކަމަށެވެ. މާރާމާރީއާ ގުޅިގެން ފުލުހުންގެ ޓީމެެއް ވަނީ އެ ރިސޯޓަށް ގޮސްފައެވެ. މައްސަލައާ ގުޅޭ ހެކިތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ބިދޭސީ މީހާގެ މަރާ ގުޅިގެން އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހަކު ފުލުހުންނާ އެކު އެއްލައިދޫ ރިސޯޓަށް ވަނީ ގޮސްފައެވެ.

އދ. އަތޮޅު މަހިބަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސުހާނާ އާދަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަރުވި މީހާގެ ހަށިގަނޑު ބެލުމަށްޓަކާ މާލެއިން ފުލުހުންގެ ޓީމެއް އެ އެ ރިސޯޓަށް ދަތުރު ކުރަމުންދާތީ ކަމަށާއި އޭނާގެ ހަށިގަނޑު ބެލުމުގެ ފުރުސަތު ޑޮކްޓަރުންނަށް އަދި ނުލިބޭ ކަމަށެވެ.

މާރާމާރީގެ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން އަދި ކަށަވަރެއް ނުކޮށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް