21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އެމެރިކާގެ ސަރުކާރު ހުއްޓުން

އެމެރިކާގެ ސަރުކާރު ހުއްޓުން: ބައި ބައި ވިދާޅުވެ ބައްދަލުވުމުން ޓްރަމްޕް ނުކުންނަވައިފި

  • ސަރުކާރު ހުއްޓުވާލެވިފައި އޮތުމުގެ ސަބަބުން 800،000 މުވައްޒިފުންނަށް މިކަމުގެ އަސަރުކޮށްފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 10 ޖެނުއަރީ 2019 | ބުރާސްފަތި 19:10 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ފާރު ރޭނުމަކީ ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވޭ -- އެންސީބީ ނިއުސް

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާ މައްސަލަގައި ޑިމޮކްރޭޓުންނާ އެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުން، "ބައި ބައި" ވިދާޅުވެ ރައީސް ޓްރަމްޕް ނުކުމެ ވަޑައިގެންފިއެވެ.

ބޯޑަރު ފާރު އެޅުމަށް ބަޖެޓުގައި 5 ބިލިއަން ޑޮލަރު ހިމަނައިގެން ބަޖެޓް ފާސްކުރުމަށް ރައީސް ޓްރަމްޕް ބޭނުންފުޅުވާއިރު ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ މައިނޯރިޓީ ލީޑަރު ނަންސީ ޕޮލޯސީ އާއި ޑެމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ޗަކް ޝޫމާ ވަނީ ރައީސް ޓްރަމްޕްގެ އެދިވަޑައިގަތުމަށް ދެކޮޅުހެއްްދެވުމުގައި ދެމިތިއްބަވާފައެވެ. މި ބައްދަލުވުން އެ ބޭފުޅުން ސިފަކުރައްވާފައި ވަނީ ވަގުތު ބޭކާރު ކުރުމުގެ ގޮތުގައެވެ.

ޑެމޮކްރޭޓުން އަނެއްކާ ވެސް ވަނީ ރައީސް ޓްރަމްޕް "ބޮޑާހާއްކަވަނީ" ކަމަށް ތުހުމަތުކުރައްވާފައެވެ.

އެމެރިކާ ސަރުކާރު ހުއްޓުވާލެވިފައި އޮތުމުގެ ސަބަބުން 800،000 މުވައްޒިފުންނަށް މިކަމުގެ އަސަރުކޮށްފައިވާ އިރު، ޑިސެމްބަރު 21 ގެ ފަހުން އެ މީހުން މަސައްކަތް ކުރަން ޖެހިފައި ވަނީ މުސާރަ ނުލިބިއެވެ.

ހުކުރު ދުވަހަކީ މުސާރަ ދޭން ޖެހޭ ދުވަސްކަމަށްވާ އިރު ބަޖެޓް ފާސްނުކުރެވިވާތީ މުސާރަ ނުދެވޭނެއެވެ.

ބޯޑަރު ފާރު އެޅުމަށް ބަޖެޓުގައި 5 ބިލިއަން ޑޮލަރު ހިމަނައިގެން ފާސްކުރުމަށް ރައީސް ޓްރަމްޕް ބޭނުންފުޅުވާއިރު ޑިމޮކްރޭޓުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. ބަޖެޓް ފާސްނުވެ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނަތާ 19 ދުވަސްވެފައި ވާއިރު ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވަނީ އެ ފާރު ރޭނުމަކީ ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް