19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

މަނީޝާ ކޮއިރަލާ

އެންމެ ހިތްވަރުގަދަ މީހުންނަކީ ކެންސަރާ ހަނގުރާމަކުރާ މީހުން: މަނީޝާ

  • މިއީ ކެންސަރާއި ކުރި ހަނގުރާމައިގެ މައްޗަށް ލިޔެފައިވާ ފޮތެއް
ރިޒުނާ ޒަރީރު | RiznaZareer

| 10 ޖެނުއަރީ 2019 | ބުރާސްފަތި 17:44 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


މަނީޝާގެ 'ހީލްޑް' ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ޓްވިޓަރ

ބޮލީވުޑުގެ ތަރިންގެ ތެރޭގައި ހިމެނޭ ސޮނާލީ ބެންޑްރޭ، ރިޝީ ކަޕޫރު، ރާކޭޝް ރޯޝަންއަކީ މި ވަގުތު ވެސް ކެންސަރުގެ ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ ތަރިންނެވެ.

އެ ގޮތުން ނޭޕާލްއަށް އުފަން ބޮލީވުޑުގެ މަޝްހޫރު ތަރި މަނީޝާ ކޮއިރަލާއަކީ ވެސް ކެންސަރުގެ ބައްޔަށް ފަރުވާ ހޯދާފައިވާ ފަރާތެކެވެ. 2012 ވަނަ އަހަރު އޯވަރީއަށް ޖެހުނު ކެންސަރަށް ފަރުވާ ހޯދާފައިވާއިރު އޭނާ ބުނީ އެންމެ ހިތްވަރުގަދަ މީހުންނަކީ ކެންސަރާ ހަނގުރާމަކުރާ މީހުން ކަމަށެވެ.

އެގޮތުން ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ސަންޖޫ އަދި ލަސްޓް ސްޓޯރީން ފެނިފައިވާ މަނީޝާ ބުނީ މި ފިލްމުތަކުގައި ދެއްކިފައި ވަނީ ވަރަށް ރަނގަޅު ޕާފޯމެންސެއް ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަނީޝާ ބުނީ ކެންސަރާ ހަނގުރާމަ ކުރި ދުވަސްވަރަކީ ވަރަށް ހިތްވަރުކުރަން ޖެހުނު ދުވަސްވަރެއް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ތަޖްރިބާތަކެއް ވެސް ކުރެވިއްޖެ ކަމަށެވެ. އަދި މިހާރު ކޮންމެ ކަމެއް ވެސް ވަރަށް ސީރިއަސްކޮށް ނެގޭ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 47 އަހަރުގެ އެކްޓްރެސް ބުނެފައި ވަނީ ކެންސަރާ ހަނގުރާމަ ކުރި ގޮތުގެ މައްޗަށް މިހާރު ފޮތެއް ލިޔެފައިވާނެ ކަމަށާއި މިއީ ވެސް އެ ދުވަސްތައް މަތިން ހަނދާން ނައްތާލުމަށްޓަކައި ކުރި ކަމެއް ކަމަށެވެ.

އެގޮތުން "ހީލްޑް" ނަމުގައި މިހާރު ޗާޕްކޮށްފައިވާ މިފޮތުގައި ވަރަށް ގިނަ ވާހަކަތަކެއް ވަނީ ހިމަނާފައެވެ. ޕެންގުއިން ހައުސް އިން ޗާޕްކޮށްފައިވާ މިފޮތް ބާޒާރަށް ނެރުނު ހަފްލާގައި ބޮލީވުޑުގެ ގިނަ ފަންނާނުން ވަނީ ބައިވެރިވެފައެވެ.

މަނީޝާގެ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޕްރަސްތަނަމް" އިން ސަންޖޭ ދަތުގެ އަންހެނުންގެ ރޯލުންނެވެ. މިފިލްމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް